Engine huttunu launch akah MNDF in eheetherikan foarukohdheefi
image
އިންޖީނު ހުއްޓުނު ލޯންޗު---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ކ. އިތާފުށި ކައިރިން ނައިޓް ފިޝިންއަށް ނިކުމެ އުޅުނު "އޮކްޓޭވް ސްޕީޑް" ނަމަކަށް ކިޔާ 20 ފޫޓްގެ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ހާދިސާގެ މައުލޫމާތު ރޭ 23:51 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗު ވަނީ "އޮކްޓޭވް ސްޕީޑް" ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އިންޖީނު ހުއްޓުނު ލޯންޗުގެ ވެރިފަރާތާ ގުޅިގެން އެ ލޯންޗު އޮތް ސަރަހައްދާ ކައިރީގައިވާ ކ. މަނިޔަފުއްޓަށް އެ ލޯންޗު ވަނީ ވައްދާފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި، އެ ލޯންޗުގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި ރޭ ދަންވަރު 02:34 ހާއިރު ވަނީ މާލެ ގެނެސްދީފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާ ހިނގިއިރު، އެ ލޯންޗުގައި ތިބީ ފަސް ދިވެހިންނެވެ. އަދި، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހިޔާލު