Enme aligadha thari mi roadha mahu nubaahvan nimmaifi
image
"އެންމެ އަލިގަދަ ތަރި" 2016 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ތެރެއިން---ފޮޓޯ:އަވަސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"އެންމެ އަލިގަދަ ތަރި" ރޯދަ މަހު ނުބާއްވަން ނިންމައިފި

ޓެލެވިޒަން މޯލްޑިވްސްއިން (ޓީވީއެމް) އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މިއަަހަރުގެ ރޯދަ މަހު ނުބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމް އިން ބުނީ މިއަހަރު ރޯދަ މަހު "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މުބާރާތް ނުބާއްވަން ނިންމާފައިވަނީ އެމުބާރަތަކަށް ބޭނުންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން ނަން ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ޖުމްލަ 24 ބައިވެރިން ކަމަށާއި އޭގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވާ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

ނަމަވެސް، އޮޑިޝަންތަކަށް ފަހު ޖުމްލަ 12 ބައިވެރިންނާއެކު ކުރިޔަށްދާ އެ މުބާރާތަށް މިފަހަރު ހުށަހެޅި ވީޑިއޯތަކުން ފެނިގެން ދިޔައީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިން ކަމަށް ޕީއެސްއެމުން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. މި ރޯދަ މަހު އެ މުބާރާތް ނުބޭއްވުނު ނަމަވެސް މިއަހަރުތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރުމަށް ވަނީ ނިންމާފައި ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

މުބާރާތް ބޭއްވުމަށް އޮޑިޝަން ބާއްވާ ގިނަ ތައްޔާރީތަކެއް މިއަހަރުވެސް ޕީ.އެސް.އެމްއިން ވެފައިވާ ކަމަށާއި މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް ތިން ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެންމެ އަލިގަދަ ތަރީގެ ލަގަބު އެރުވުމަށް ނިންމާފައިވާ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ޓީވީއެމް އިން އެންމެ ރީތިކޮށް ގުރުއާން ކިޔެވުމާ އެކު އެކަމުގެ އިލްމު އެނގޭ މީހަކު ހޮވަން ކުރިއަށް ގެންދާ އެ މުބާރާތައް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހިޔާލު