Tharika beynunkohggen iqthisaadhee bodu manfaaeh hoadheyne: Minister Yumna
image
މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ތަރިކައިގެ ބޭނުންކޮށްގެން އިޤްތިސާދީ ބޮޑު މަންފާއެއް ހޯދޭނެ: މިނިސްޓަރ ޔުމްނާ

ތަރިކައިގެ ބޭނުންކޮށްގެން އިޤްތިސާދީ ބޮޑު މަންފާއެއް ޙާސިލް ކުރެއްވޭނެކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓާރ އެފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވާ ދެއްވި ޚިތާބެއްގައެވެ. އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓާރ ވިދާޅުވީ، ފަތުރުވެރިން އެއްޤައުމުން އަނެއް ޤައުމަށް ޒިޔާރާތްކުރާއިރު އެމީހުންގެ އެންމެ ބޮޑު އެއްބޭނަކީ، އެޒިޔާރަތްކުރާ ޤައުމެއގައި ހުރި އާސާރީ ތަންތަނާއި ތަކެތި އަދި އާދަކާދަތައް ތަޖުރިބާކށް މައުލޫމާތުހޯދުންކަމަށެވެ.

ރާއްޖޭގެ ތަރިކައަކީ ޤައުމީ ފަޚުރެއްކަމަށްވިދާޅުވެ އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓާރ ވިދާޅުވީ، ތަރިކައިގެ ދާއިރާއިން އިޤްތިސާދީ ފައިދާތަކެއްވެސް ކުރާނޭކަމަށް ޔަޤިންކުރައްވާ ކަމަށެވެ. އަދި ސަޤާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ތަރިކައިގެ ދާއިރާއިން މާލީ އެތައް މަންފާއެއް ލިބި ރާއްޖޭގެ އިޤްތިސާދަށް ހެޔޮ އަސަރެއްކުރާނެ ކަމަށް މިނިސްޓާރ ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރިކައަކީ، އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައި ދިޔަ އަމާނާތެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓާރ ޔުމްނާ ވިދާޅުވީ، މި އަމާނާތް ރައްކާތެރިގޮތުގައި ބަލަހައްޓައި ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއްކަމަށެވެ. އަދި ތަރިކަ ރައްކާތެރިކުރުމަށްތަކައި ޒުވާނުން މިކަމަށް ޝައުގުވެރިކުރުވައި، ކުދިން ތަރުބިއްޔަތުކުރުމާއި ތަޢުލީމުގެ ތެރެއިން ޤައުމިއްޔާތާއި ސަޤާފީ ތަރިކަ އެނގޭ ބަޔަކަށް އެކުދިން ހެދުމަށް މިނިސްޓާރ ޔުމްނާ ގޮވާލެއްވިއެވެ.
ހިޔާލު