Sifain ge harakaatheh kandu adeegai baavaifi
image
ސިފައިންގެ ހަރަކާތެއް ކަނޑު އަޑީގައި ބާއްވައިފި
އަހުމަދު
0 ކޮމެންޓް
 

ސިފައިންގެ ހަރަކާތެއް ކަނޑު އަޑީގައި ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ ދަސްވެނިވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ ބެޖް ދިނުމުގެ ހަރަކާތް ކަނޑު އަޑީގައި ބާއްވައިފި އެވެ.
މި ކޯހުގެ ބައިވެރިންގެ ދަސްވެނިވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު ގިރިފުށީ ޓްރެއިނިން ސެންޓަރުގައެވެ.

ކޯސް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ޗީފް އޮފް ޑިފެންސް ފޯސް ބެޖު ހަވާލުކޮށްދެއްވާފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފް
ހިޔާލު