Noosverikamuge minivan kamugai raajje bodu kuri erukeh hoadhaifi
image
ދިވެހި ބައެއް ނޫސްވެރިން
އަހުމަދު
1 ކޮމެންޓް
 

ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފި

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ބަލާ މިންގަނޑުން ފާއިތުވި އަހަރުތަކާއި އަޅާ ބަލާއިރު ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
ދުނިޔޭގެ 180 ގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކޮށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެވަނީ 22 ދަރަޖަ ކުރިއަށް ޖެހިފައެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖަށް މިވަރުގެ ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ 2018 ވަނަ އަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި އަހަރުގެ އިންޑެކްސްއިން ރާއްޖެއަށް ވަނީ 98 ވަނަ ލިބިފައެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ ކުރިއެރުންތަކެއް ހޯދަމުން ދަނިކޮށް 2012 ވަނަ އަހަރު އޭރުގެ ސަރުކާރު ވައްޓާލުމަށްފަހު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ފަހަތައް ސޮއްސާލާފައެވެ.

އެގޮތުން 2013 ގވަނަ އަހަރު ރާއްޖެއަށް އިންޑެކްސްގައި 103 ލިބުނު އިރު 2014 ގައި 108 ވަނަ 2015ގައި 112 ވަނަ 2016 ގައިވެސް 112 ވަނަ 2017 ގައި 117 އަދި 2018 ގައި ވަނީ 120 ވަނަ އަށް އަރާފައެވެ.

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނޫސްވެރިން ދުށްއެންމެ ބިރުވެރި އަދި ނޫސްވެރިންނަށް އެންމެ ނުރައްކާ ކުރިމަތިވެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ނޫސްވެރިކަން
ހިޔާލު

ކިޔުންތެރިޔާ

ދޮގު ހަބަރު ފަތުރާގެންތަ؟؟؟......ލޮލް😂