sifainge sharafu ge hingaalun baahvaifi
image
މިއަދުގެ ހިނގާލުމުގެ ތެރެއިން
އަހުމަދު
0 ކޮމެންޓް
 

ސިފައިންގެ ޝަރަފުގެ ހިނގާލުން ބާއްވައިފި

ދިވެހި ސިފައިންގެ 127 ވަނަ ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ބާއްވައިފި އެވެ.
މިއަދު ހަވީރު 04:00 ފެށި މި ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް، އަމީނީ މަގުން އިރަށް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓާއި ހަމައަށް ނިންމާ ގޮތަށެވެ.

ޝަރަފުގެ ހިނގާލުމުގައި އަށް ގެމަ ބައިވެރިވެފައިވާއިރު ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯރމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހިނގާލުމުގައި އަންހެން ސިފައިންނަށް ހާއްސަ ގެމައެއް ވެސް ހިމެނިއެވެ.

ޝަރަފުގެ ހިނގާލުމުގެ ބައިވެރިންވަނީ މާލޭގެ ތަފާތު ސަރަހައްދު ތަކުގައި މަޑުކޮށް ބޭންޑްގައި ރާގު ކުޅެފައެވެ. މުލިއާގެ ސަރަހައްދަށް ހިނގާލުމުގެ ބައިވެރިން މަޑުކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަނީ ހިނގާލުން ބައްލަވާ ލައްވާފައެވެ.

މިއަދުގެ ހިނގާލުމުގައި ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް ވެހިކަލްތައްވެސް ދައްކާލިއެވެ.
ސިފައިން
ހިޔާލު