Minivan Noosverikamakah, BROADCOMMV ge hurihaa membarun vakikurankejey: Wisam
image
ވިސާމް ހައިކޯޓުން ނުކުންނަނީ، ނޫސްވެރިކަމުގެ ހަޔާތުގާ އެނާގެ މައްޗަށް ދެ ދަައުވާއެއްކުރި ނަމަވެސް އެނާގެ މައްޗަށް އެއްްވެސްކަމެއް ސާބިތެއް ނުވޭ: ފަައިލް ފޮޓޯ
ގުފްތަގު އަޖީރު
0 ކޮމެންޓް
 

މިނިވަން ނޫސްވެރިކަމަކަށް، ބްރޮޑްކޮމްގެ ހުރިހާ މެމްބަރުން ވަކިކުރަންޖެހޭ: ވިސާމް

މިނިވަން ނޫސްވެރިކަމަކަށް، ބްރޮޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވިސް، ބްްރޯޑްކޮމްގެ ހުރިހާ މެންބަރުން ވަކިކުރަން ޖެހޭކަމަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމުގޮނޑިއަށް އިންތިހާބުވެފައިވާ މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިޑެކްސް އިން ރާއްޖެ ހޯދި ބޮޑު ކާމިޔާބީ ފާހަގަކޮށް ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިއާ ވިސާމް ވިދާޅުވީ 2013 ވަނަ އަހަރަށްފަހު، ރާއްޖެއިން ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ކުރިއަށް ޖެހުނުކަމީ ބޮޑު އުފަލެއް ކަަމަަށެވެ.
"މިފަދަ ކުރިއެރުމަަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބްރޯޑްކޮމް. މިނިވަން ނޫސްވެރިކަމަކަށް އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަންޖެހޭ،"


ވިސާމަކީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ. އޭނާ ނޫސްވެރިކަމުގައި ހޭދަ ކުރި ދުވަސްތަކުގައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އޭނާ ހަތް ފަހަރެއްގެ މަތިން ބަންދުކުރިއެވެ. އަދި 48 ދުވަސް އޭނާ ޖަލުގައި ހޭދަކުރިއެވެ. އަދި ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލިއެވެ.ނަމަވެސް އޭނާގެ މައްޗަށް ދައުވާތައް ސާަބިތެއް ނުވެއެވެ. ވިސާމުގެ ނޫސްވެރިކަމުގައި ހޭދަ ކުރި ދުވަސްތަކުގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް މީހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި ސިޔާސީ ހަބަރުތަކާ ރިޕޯޓުތައް އޭނާ ހެދިއެވެ.

ދުނިޔޭގެ 180 ގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކޮށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެވަނީ 22 ދަރަޖަ ކުރިއަށް ޖެހިފައެވެ. މިއީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ވަކިވެ ވަޑައިގަތްފަހުން ރާއްޖަށް މިވަރުގެ ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ 2018 ވަނަ އަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި އަހަރުގެ އިންޑެކްސްއިން ރާއްޖެއަށް ވަނީ 98 ވަނަ ލިބިފައެވެ.
ހިޔާލު