Male' ge baeh saharahdhuthakun fen hindhumah sifain nikumehje
image
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހިންދުމަށް ސިފައިން މަސައްކަތް ކުރަނީ.
1 ކޮމެންޓް
 

މާލޭގެ ބައެއް ސަހަރައްދުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

މުޅި ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި މިއަދު މާލެ އަށް ގިނަ އަދަދަކަށް ވާރޭ ވެހުމުން ބައެއް މަގުތަކުގައި ފެންބޮޑުވުމުން، އެ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތަކަށް ސިފައިން ނިކުމެއްޖެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ އެ ސަރަހައްދުތަކުން ފެން ހިންދުމަށް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ނިކުމެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ދަނީ ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ކުޑަކުދިން ޕާކު ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބައެއް ރަށްރަށަށް ވެސް ވަނީ ގިނަ އަދަކަށް ވާރޭ ވެހި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެގޮތުން އއ. އުކުޅަހުގައި ފެންބޮޑުވެގެން ޕަންޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު

އަމާ

ވާނެ އެއްޗެއްވީމަ ނިކުންނާނީ ކޮއްމެ ފަހަރަކުވެސް
ނުވައްޏާ ގެތްގަ ތިބެބަލަ