PPM ge naibu raeesunnah Gassan, Shiyaam adhi Dr. Muizzu
image
ރައީސް ޔާމީން އަދި ގައްސާން.
0 ކޮމެންޓް
 

ޕީޕީއެމްގެ ނައިބު ރައީސުންނަށް ގައްސާން، ޝިޔާމް އަދި ޑރ. މުއިއްޒު

ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް ގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ގައްސާން މައުމޫން އާއި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ޝިޔާމް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޔަން ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި އެ ތިން ބޭފުޅުން އައްޔަން ކޮށްފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ސާފުވާގޮތެއް ނުވެ އެވެ.

ޕީޕީއެމަށް މިރޭ އާ ތިން ނައިބު ރައީސުން އައްޔަން ކޮށްފައިވާއިރު، ޕީޕީއެމްގެ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ކުރީގެ ލީޑަރު ނިހާން ވަނީ އެ ޕާޓީގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އާ ބޭފުޅުންނަށް ފުރުސަތު ދެއްވައި، މިހާރުގެ ލީޑާޝިޕް އިސްތިއުފާ ދޭން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން އެޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ވެސް ނިހާން ވިދާޅުވެފައިވެ އެވެ. އަދި އެ ވާހަކަތުގެ ތެރެއިން ނިހާން ވަނީ، ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ޕީޕީއެމްގެ ލީޑާޝިޕަށް ކަމަކު ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު