Dhivehi Sifainge Feshun: Mohhamed Thakurufaanuge Thasahvareh
image
ދިވެހި ސިފައިންގެ ތާރީހީ ފޮޓޮއެއް: ފޮޓޯ އެމްއެންޑީއެފް
ގުފްތަގު އަޖީރު
3 ކޮމެންޓް
 

މުހައްމަދު ތަކުރުފާނުގެ ތަސައްވަރު: އަދުގެ ދިވެހި ސިފައިން

މިއަދަކީ ދިވެހި ސަފައިންގެ 127 ވަނަ އަހަރީ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަމުން އަންނައިރު، ދިވެހި ސިފައިން އުފެއްދުމުގައި އަސްލު ރޯލު އަދާކުރެއްވި ދިވެހިރާއްޖޭގެ ގައުމީ ބަތަލު ސުލްތާން އަލްގާޒީ މުހައްމަދު ތަކުފާނުގެ އަދާކުރެއްވި މަތިވެރި ރޯލު ފާހަގަކުރުން ނުހަނު މުހިންމެވެ.
ރަސްމީކޮށް ސިފައިން އުފެއްދުނުތާ 127 އަހަރު ވީނަމަވެސް، ސިފައިންގެ ފެށުންކަމުގައިވާ ހަގު ބޭކަލުން އުފެއްދެވީ ސުލްތާން އަލްގާޒީ މުހައްމަދު ތަކުފާނުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. އެއީ މީލާދީން 1585 އަހަރާ 1573 އަހަރާ ދެމެދުއެވެ. ވީމާ ދިވެހި ސިފައިންގެ އަސްލު ފެށުނުތާ 440 އަށްވުރެ ގިނަ އަހަރު ވެދާނެއެވެ. އޭރު ސިފައިންގެ ތެރޭގައި މަތީ ތިން ރޭންކެއްގެ އޮފިސަރުން ތިބެއެވެ. އެއީ މާފަތް، ފާމުލަދޭރި އަދި ދަހަރާދައެވެ. އަދި އެ ޒަމާނުގައި ދޮށިމޭނާ ވަޒީރު/ވުޒާރާގެ ނަމުގައި ސިފައިންގެ ކަންކަން ބެލެހެއްޓުމަށް ވުޒާރާއެއްވެސް އުފެއްދެވިކަމަށް ބުނެއެވެ. ވިމާ އަދުގެ ސިފައިންގެ ތައްސަވަރު ފައްޓަވައި ދެއްވި ބަތަލަކީ މުހައްމަދު ތަކުރުފާނުނޫންތޯއެވެ؟މިހާރު އަޅުގަނޑުމެންނަށް މިފެންނަ ސިފައިންގެ ފޯސް އުފެއްދެވީ ސުލްތާން އިބްރާހިމް ނޫރައްދީނެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ 1888 ވަނަ އަހަރުން 1892 ވަނަ އަހަރާ ހަމައަށެވެ. މިރަދުންގެ ރަސްކަމުގައި އޮތް މުނާސަބަތެއްގައި ހެވިކަމުގެ އުކުޅު ދައްކާލަން އައި ދިވެހި ޒުވާނުންގެ ބަޔަކު ކަމުގޮސް އެމީހުންނަށް އިތުރަށް ހެވިކަން ދަސްކޮށް ދިނުމަށް މި ރަދުން ނިންމެވިއެވެ. އެގޮތުން މިގޮތުން 21 އޭޕްރީލް 1892 ވަނަ އަހަރު ރަދުންގެ ގަރާރަކުން ސިފައިންގެ ފޯސްއެއް އުފެއްދެވިއެވެ. އޭރު ކޮމާންޑާއިން ޗީފްއަކަށް ހުންނެވީވެސް އިބްރާހިމް ނޫރައްދީނެވެ. އަދި ސިފައިންނަނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ރަސްމީކޮށް ދެއްވިއެވެ.މީގެ ފަހުން ސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި 29 މާރިޗު 1933 ވަނަ އަހަރު ސިފައިންނާ ފުލުހުން ވަކިކުރިއެވެ. ނަމަވެސް ފަހުން އެ ވަކިކުރުން އުވާލިއެވެ. ނަމަވެސް އަލުން 13 މާރިޗު 1972 ވަނަ އަހަރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބޭ ސިފައިންނަށް ނެޝަނަލް ގާޑްސްގެ ނަމުން ނަންދެވުނެވެ. އޭރު ސިފައިންނާ ފުލުހުންގެ ފޯސް ހިންގަމުން ދިޔައީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުންނެވެ.

1977 ވަނަ އަހަރު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އަށް ބަދަލުކުރިއެވެ. އަދި މިއަދު އަޅުގަނޑުމެންނަށް މި ފެންނަގޮތަށް ސިފައިންނާ ފުލުހުން ވަކިކޮށް ފުލުހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށް ބަދަލުކުރީ 1 ސެޕްޓެމްބަރު 2004 ގައި ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.މިއަދު ދިވެހި ސިފައިންނަކީ ރާއްޖޭގެ ގައުމީ ބަަތަލުކަމުގައިވާ މުހައްމަދު ތަކުރުފާނު ތަސައްވަރު ކުރެއްވި ފަދަ ގާބިލު، ހަރުދަނާ ކެރޭ ބައެކެވެ. ދިވެހިންގެ ބިމާ ކަނޑާ ވައިގެ ސަރަހައްދުގެ ބެލެހެއްޓުމުގެ މަސައްކަތް ސިފައިން އަންނަނީ ތާއަބަދުމެކުރަމުންނެވެ. އަދި ޒަމާނީ ފެންނަވަރުގެ ހަތިޔާރާ އުޅަނދުވެސް ދިވެހި ސިފައިންގެ އަތުގައި އެބަހުއްޓެވެ. އަދި އަލިފާނުގެ ހާދިސާތަކާ ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމުގެ ޒިންމާވެސް އަދާކުރަމުން ގެންދާ އެއްބަޔަކީ ދިވެހި ސިފައިންނެވެ.
ހިޔާލު

ސަޅި

އޭރުވެސް ބެރުޖަހާފަ ހިނގުން، މިހާރުވެސް ބެރުޖަހަަފަ ހިނގުން. ސަޅިދޯ. ޑިފެންސް ފޯސް، ޑިފެންޑުކުރެވުނީ ހަމައެކަނި ބެރުޖެހުމާއި ހިނގުން...

ނަދުވާ

މިހާރުވެސް ދިވެހި ސިފައިން ބައިތިއްބަންވީ ސޯޓު ލައްވާފަ..

ނަދުވާ

މިހާރުވެސް ދިވެހި ސިފައިން ބައިތިއްބަންވީ ސޯޓު ލައްވާފަ..