Parth Samthaan ge bappa maruvejje
image
ޕާރްތު---
0 ކޮމެންޓް
 

ޕާރްތު ސަމްތާންގެ ބައްޕަ މަރުވެއްޖެ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި އަނުރާގުގެ ރޯލުން ފެނިގެންދާ، ޕާތު ސަމްތާންގެ ބައްޕަ މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޕާރްތުގެ ބައްޕަ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕޫނޭގައި ހުންނަ ހޮސްޕިޓަލެއްގައެވެ. އަދި އެމީހާ މަރުވެފައިވަނީ މުސްކުޅި ބަލީގެ ސަބަބުން ހާލު ސީރިއަސް ވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ފަހުން ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެއެވެ.

ޕާރްތު ވަނީ މިމަހު އެނާގެ މަންމައަށާއި ބައްޕައަށް ގެއެއް ވެސް ގަނެދީފައެވެ. އެގެ ގަތުމުގެ ކުރިން ޕާރްތު ވަނީ މަންމައަކާއި ބައްފައަކުވެސް އެ މީހެއްގެ ދަރިފުޅު އަމިއްލަ ފައި މައްޗަށް ތެދުވާތަން ދެކެން ބޭނުންވާނެކަމަށާއި އަދި އެެއީ ދެކޭނެ ހުވަފެނެއް ކަމަށް ބުނެފައެވެ.

އެގޮތުން މިއަހަރު ބޭނުންވަނީ އޭނާގެ މަންމަ އަށާއި ބައްޕައަށް އާގެއެއް ގަނެދީ އެމީހުންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނައުން ކަމަށް ޕާރްތު ވަނީ ބުނެފައެވެ. އަދި ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު އާއިލާއާއެކު ހޭދަކުރުން ކަމަށް ޕާރްތު ބުނެއެވެ.

ޕާރްތުގެ ބައްޕަގެ މަރުގެ ހަބަރު ލިބުމާއެކު "ކަސޯޓީ ޒިންދަގީ ކޭ"ގެ ކާސްޓުން ވަނީ ޕާރްތުއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވެފައެވެ.
ޕާރްތު ސަމްތާން
ހިޔާލު