Verikamun dhurukuri Sudan Raeesge gekolhun 130 million dollar
image
ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް.
2 ކޮމެންޓް
 

ވެރިކަމުން ދުރުކުރި ސޫދާން ރައީސްގެ ގެކޮޅުން 130 މިލިޔަން ޑޮލަރު

އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކަށް ފަހު، ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރުގެ ގެކޮޅުން 130 މިލިޔަނަށް ޑޮލަރަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސޫދާންގެ ސެކިއުރިޓީ ސާވިސް އިން ރައީސްގެ ގެކޮޅު ބަލައި ފާސްކުރުމުގެ ތެރެއިން ފެނުނު ފައިސާތަކުގެ ތެރޭގައި ޑޮލަރުގެ އިތުރުން ޔޫރޯ އާއި ސޫދާނީސް ޕައުންޑް ހިމެނެ އެވެ. އެގޮތުން ފެނުނު ފައިސާ ތަކުގެ ތެރޭގައި ހިމެނެނީ 351،000 ޑޮލަރާއި، ހަ މިލިޔަން ޔޫރޯގެ އިތުރުން ފަސް ބިލިޔަން ސޫދާނީސް ޕައުންޑް (105 މިލިޔަން ޑޮލަރު) އެވެ.

ގިނަ އަދަދެއްގެ ފައިސާތައް ފެނުމާ ގުޅިގެން ރައީސް އުމަރުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ސޫދާންގެ އޮފިޝަލުން ބުނެ އެވެ. އަދި މިހާރު ކޮބާ މެކްސިމަމް ސެކިއުރިޓީ ޖަލުގެ ސޮލިޓަރީ ކޮންފައިންމަންޓް ގޮޅިއެއްގައި ބަންދުކޮށްފައި ހުންނެވި ރައީސް އުމަރާއި އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ސޫދާންގައި 30 އަހަރު ވެރިކަން ކުރި ރައީސް އުމަރުގެ ގެކޮޅަށް ސިފައިން ވަދެ، ގޯނި ގޯނީގައި ފައިސާ ނެރޭ މަންޒަރު ފެނެ އެވެ. އޮފިޝަލުން ބުނާގޮތުގައި އެ ފައިސާތައް ރައްކާކޮށްފައި ހުރީ 50 ކިލޯގެ ހަނޑޫ ގޯނިތަކުގައި ކަމަށެވެ.

ތިރީސް އަހަރު ސޫދާންގެ ވެރިކަން ކުރި ރައީސް އުމަރުގެ ސަރުކާރު ވައްޓާލީ ލެފްޓިނަންޓް ޖެނަރަލް އަވާދު އިބްން އައުފް އިސްކޮށް ހުންނަވައިގެންނެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަޣާވާތް ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ޖެނަރަލް އަވާދު ވަނީ ވެރިކަމުގެ ބާރުތައް ލެފްޓިނަންޓް ޖެނަރަލް އަބްދުލް ފައްތާހް އަބްދުއްރަހުމާން އަށް ހަވާލުކޮށްފަ އެވެ.
ބޭރު ދުނިޔެ ސޫދާން
ހިޔާލު

އަހުމަދު

މި ޤައުމުގައި ގޯނިގޯނީގައި ފައިސާ ބެހީމެ ބުނިމީހަކުއުޅޭ.. އެކަމަކު ބަންދު ނުކުރެވޭ ބައެއްވީމަކަންނޭގެ.

އަހުމަދު

މި ޤައުމުގައި ގޯނިގޯނީގައި ފައިސާ ބެހީމެ ބުނިމީހަކުއުޅޭ.. އެކަމަކު ބަންދު ނުކުރެވޭ ބައެއްވީމަކަންނޭގެ.