Bharat ge motion postereh nerefi
image
ބާރަތުގެ މޯޝަން ޕޯސްޓަރު---
0 ކޮމެންޓް
 

ފިލްމު "ބާރަތު" ގެ މޯޝަން ޕޯސްޓަރެއް ނެރެފި

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ކުރިއަށް އޮތް ފިލްމު ބާރަތު ގެ މޯޝަން ޕޯސްޓަރެއް ނެރެފިއެވެ.
އެޕޯސްޓަރުން ފެނިގެންދަނީ ފިލްމުގައި ލިޑު ރޯލުން ފެނިގެންދާ ސަލްމާނު ހާނުގެ ތަފާތު ފަސް ކެރެކްޓަރެވެ. 1964 އާއި 1970 އާއި 1985 އާއި 1990 އަދި 2010 އަހަރާ ހަމައަށް ސަލްމާނަށް އަންނަ ބަދަލުތައް އެޕޯސްޓަރުން ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ އެ ޕޯސްޓަރު ކަމުގޮސްފައެވެ."ބާރަތު" ގައި ސަލްމާނުގެ އިތުރުން ފެންނާނެ ތަރިންގެ ތެރޭގައި ކެޓްރީނާ ކައިފް އާއި ޖެކީ ޝްރޮފްއާއި ތައްބޫ އާއި ޑިޝާ ޕަޓްނީ އާއި އަދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ ރިމޭކެކެވެ.
ހިޔާލު