Lanka in furaa meehun 4 gadiiru kurin airport ah dhaan edhihje
image
ސްރީ ލަންކަންގެ ފްލައިޓެއް އެއާޕޯޓުގައި.
0 ކޮމެންޓް
 

ލަންކާ އިން ފުރާ މީހުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދިއްޖެ

ބޮމުގެ ހަމަލާތަކެއްގެ ތެރޭގައިވާ އަވައްޓެރި ސްރީ ލަންކާ އިން އެހެން ގައުމުތަކަށް ފުރާ މީހުން ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފި އެވެ.
ކޮލަންބޯގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދާ މީހުން، ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެއީ ހަމަލާތަކާ ގުޅިގެން އެ އެއާޕޯޓުގައި ވެސް ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވުމުން، ޗެކިން އަށް ގިނަރުއޔ ނަގާނެތީ އެވެ.

ލަންކާގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސް އިން ބުނީ އެ ގައުމުން ފުރާ ހުރިހާ މީހުންގެ އެއާޕޯޓް ގްރައުންޑް ހޭންޑްލިން އެ އެއާލައިނުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަމަލާތަކާއި ގުޅިގެން އެއާޕޯޓް ސެކިއުރިޓީ ވަރުގަދަ ކުރުމުން، ހުރިހާ އެއާލައިނެއްގެ ވެސް ގްރައުންޑް ހޭންޑްލިން އެޖެންޓަކީ ސްރީ ލަންކަން ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ލަންކާ އެއާޕޯޓަށް ފުރަން ދާ މީހުން އެހީތެރިކަމަށް ބޭނުންވެއްޖެ ނަމަ ސްރީ ލަންކަންގެ ހޮޓްލައިން، 1979 އަށް ގުޅުމަށް ވެސް އެ އެއާލައިނުން އެދެއެވެ.
ސްރީލަންކާ ލަންކާ
ހިޔާލު