Imaaraathakun vehti STO ge IT Head serious haalathugai
image
އެސްޓީއޯގެ އައިޓީ ހެޑް އަޒްމީ: އޭނާގެ ހާލު ވަރަށް ސީރިއަސް.
0 ކޮމެންޓް
 

އިމާރާތަކުން ވެއްޓި އެސްޓީއޯގެ އައިޓީ ހެޑް ސީރިއަސް ހާލަތުގައި

ރޯދަ މަހަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ (ފައި ފޮހޭ މިސްކިތް) ދެ ވަނަ ބުރިން އެސްޓީއޯގެ ހެޑް އޮފް އައިޓީގެ މަގާމުގައި ހުންނެވި މުސްތަފާ އަޒްމީ ވެއްޓި، އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓުމާ ގުޅިގެން އޭނާގެ ބޮލުގެ އިތުރު އެތެރެހައްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އާޒިމްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެއެވެ.

އުމުރުން 41 އަހަރުގެ އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އައިޓީ މަސައްކަތްތަކުގެ އިތުރުން އަތްތެރި މަސައްކަތް ކުރާ ބޭފުޅެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ޓްވިޓާގައި، އާޒިމްގެ ހާލު ސީރިއަސް ކަމަށް ވިދާޅުވެފަ އެވެ. އަދި އާޒިމަށް ޝިފާ އަށް އެދި ދުއާ ކޮށްދިނުމަށް އަމްރު ވަނީ އެދިފަ އެވެ.

ރޯދަ މަހަށް ހުޅުވުމަށް މިހާރު އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ފައި ފޮހޭ މިސްކިތުގެ ދެ ވަނަ ފަންގިފިލާ އިން އާޒިމް ވެއްޓެން މެދުވެރިވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
އެސްޓީއޯ
ހިޔާލު