Nihaan PPM in vakive Adhurey ge party ah!
image
އަހުމަދު ނިހާން--
މުހައްމަދު ފަތުހުﷲ
8 ކޮމެންޓް
 

ނިހާނު ޕީޕީއެމުން ވަކިވެ، އަދުރޭ ޕާޓީއަށް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގަންނަވައިފި އެވެ.
ނިހާނު ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރައްވާ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ ވަގުތީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނިހާނު ކޮންގެރެސް ޕާޓީއާ ގުޅިވަޑައިގަތުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ނިހާނުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ތަހުނިޔާ އަރިސްކުރާ ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.


ނިހާނު ޕީއެންސީއާ ގުޅިވަޑައިގަންނަވާފައިވާއިރު، ދާދިފަހުން ނިހާނު ވަނީ ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާ ދެއްވައި، އާ ލީޑަރޝިޕަކާ ޕާޓީ ހަވާލު ކުރުމަށް ގޮވާލައްވާފަ އެވެ.

ނިހާނާއި އަދުރޭ އަކީ ޕީޕީއެމް އުފެދުނީއްސުރެއް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ. ނަމަވެސް މިދިއަ ރިޔާސީ އިންތިހާބުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނާކާމިޔާބު ވުމާއި ގުޅިގެން އަދުރޭ ވަނީ ރައްޔިތުންގެ މަޖިލީހަށް ތައްޔާރު ވުމުގެ ގޮތުން ޕީއެންސީ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.

ޕީޕީއެމާއި ޕީއެންސީ މަސައްކަތް ކުރަމުންދަނީ ކޯލިޝަނެއްގެ ދަށުން ނެވެ. ނިހާން އެ ޕާޓީ އަށް ގުޅުނުއިރު، ޕާޓީގެ އިސް ވެރިން ހޮވާނީ އަންނަ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް އިންނެވެ.
ހިޔާލު

ވގ

ސިޔާސީގޮތުން ނަކަސްތަޅަނީދޯ ލަނޑަޔާވާނި ލަނޑާ

އަހުމަދު

ޕާރޓީ ގެ ހިންގުން ހަރުދަނާކޮށް ޒުވާނުން ބާރުވެރިކުރުވަނީ އެއްނު...

ކަންއޮތްގޮތް

މީނަ އެންޑޯޒުނުކުރި ޣައްސާނު ނާއިބަކަށް ހޮވާތީވެ، ޖޭވީ.
ޖޭވީނަމަވެސް ކުރާނެކަމެއްނެތް. ނިހާނުގެސިޔާސީއިރު އޮއްސިއްޖެކަން ނުދަނެ، ކިތަންމެވަރަކަށް ޕާޓީބަދަލުކުރިނަމަވެސް ކުރާނެކަމެއް ދެންއޮތެކޭ ބުނެވޭކަށެއްނެތެވެ. ހުރިދާއިރާގެމީހުން ނޫނެކޭބުނާނެކަން އެނގޭތީވެ، ބާރުތަކެއް އޮތްދާއިރާއަަކަށް ކުރިމަތިލުމުންވެސް ވީނާކާމިޔާބުގެ ނަތީޖާ ވިސްނެންވެއްޖެކަމުގައި ބެލެވެއެވެ. އެއްބައި ސިޔާސީފަރާތްތައް އެކަން ވިސްނުމުން އެދާއިރާއާއި ދުރަށްގޮސް ކޮންމެވެސް ބޭނުންތެރިކަމެއްކުރެއެވެ. އެއާއި ޚިލާފަށް ނިހާނުމިފެންނަނީ ހިތްވަރެއް ކޮށްލަން އުޅޭތަނެވެ. އެނގިދާނެތާއެވެ!

ޕަކަޕަކާ

ނިހާންއަށް ވަރަށް އުނދަގޫވާނެ ނުދައްނަބަޔަކާ އެއްކޮއް އުޅެން

ިަިދާ

ދެން ޕީޕީ އެމް ރަގަޅުވާންފެށީ

އަޙްމަދު

ފެއިލްވީ މީހުންތޯ؟ ނުވަތަ ޕާރޓީތޯ؟

އިބްރާހިމް އަހުމަދު

ތި ދެން ބަދިގޭގަ ހުރެފަ ފާހާނާއަށް ދިއުން ކަހަލަ ކަމެއްނުން ތިކޮއްލީ!

ޥަނުވަ

ބުރޯ ތިޔައީ ހަަމަ އެކައްޗެކޭ