Roadha mahu school thakugai kiyevun onnane gadithah iulaanu koffi
image
ސްކޫލު ދަރިވަރުންތަކެއް--- ފޮޓޯ: މިހާރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރޯދަމަހު ސުކޫލްތަކުގައި ކިޔެވުން އޮންނާނެ ގަޑިތައް އިއުލާނުކޮށްފި

މިއަހަރުގެ ރޯދަމަހު ސުކޫލްތަކުގައި ކިޔެވުން އޮންނާނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޯދަމަހު ސުލޫލުތަކުގައި ކިޔަވައިދޭނީ 8:30 ން 15:00 ހަމައަށް ކަމަށެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުން 8:30 އާއި 9:00 ގެ ދެމެދު ގަޑިއެއްގައި ކިޔަވައިދޭން ފެށުމަށާއި ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުން 8:30 އާއި 15:00 ދެމެދު ގަޑިތައް ހަމަޖެއްސުމަށް ވެސް އެމިނިސްޓްރީން ވަނީ އިއުލާނުގައި ބުނެފައެވެ.

ރޯދަމަހު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންގެ ކިޔަވުން އެއް ގަޑިއިރާއި 30 މިނެޓް ކަނޑައަޅާފައިވާއިރު، ގްރޭޑް އެކަކުން ހައެއްގެ ދަރިވަރުން ކިޔަވަން ކަނޑައަޅާފައިވަނީ ދެ ގަޑިއިރާއި 30 މިނެޓެވެ. އަދި ގުރޭޑު 7 ން 12 ގައި ކިޔަވާ ކުދިންތައް ކިޔަވާނީ ތިން ގަޑިއިރުގެ ދަންފަޅިި އަކަށް ކަމަށް ވެސް އެއުލާނުގައި ވަނީ ބުނެފައެވެ.

ރޯދަ މަހުގައި ކިޔަވައިދެވޭ ވަގުތަކަކީ އާންމު މަސްތަކާ އަޅާބަލާއިރު ކުރު ވަގުތުތަކަކަށްވާތީ ޕީރިއަޑްތަކުގެ ދިގުމިން 30 މިނެޓާއި 45 މިނެޓާ ދެމެދު ވަގުތެއް ދީގެން ސްކޫލުން އިންތިޒާމްކުރާގޮތަކަށް ހަމަޖެއްސިދާނެ ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.

"ކޮންޓިނިއަސް އެސެސްމެންޓު" ނަގާ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ގުރޭޑް ހަޔަކުން ދަށުގެ ގުރޭޑުގެ ދަރިވަރުންނެވެ. އެގޮތުން އެދަރިވަރުންގެ ކިޔެވުން 30 މޭ އާ ހަމައަށް ނޯންނާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހެވެ. އެގޮތުން ރޯދަ މަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށެވެ.
ހިޔާލު