Virat aai MS Dhoni ge haassa hadhiyaaeh Raees Solih ah
image
ވިރާޓާއި އެމްއެސް ދޯނީ ރައީސް ސޯލިހަށް ޖާޒީ ހިދިޔާ ކުރައްވަނީ--
0 ކޮމެންޓް
 

އިންޑިއާގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިން ރައީސް ސާލިހަށް ހާއްސަ ހަދިޔާއެއް ދީފީ

އިންޑިއާގެ މަޝްހޫރު ދެ ކްރިކެޓު ކުޅުންތެރިން ކަމަށްވާ ވިރާޓް ކޯލީ އާއި މަހެންދަރު ސިންގް ދޯނީ ސޮއިކޮށް ކްރިކެޓު ބެޓަކާއި ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރޭ އަރުވައިފިއެވެ.
ރައީސް ސޯލިހަށް އެ ހަދިޔާ އަރުވާފައި ވަނީ އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އާއި ޗެންނާއީ ސުޕަ ކިންގްސް ރޭ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް އެމަނިކުފާނު ދަނޑަށް ވަޑައިގަތުމާއި ގުޅިގެންނެވެ.

ރޭގެ މެޗުން މޮޅުވީ ރޯޔަލް ޗެލެންޖާސް ބެންގަލޯއެވެ. އެ ޓީމުގެ ކެޕްޓަނަކީ އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ ވިރާޓު ކޯލީއެވެ. ޗެންނާއީ ސުޕަ ކިންގްސްގެ ކެޕްޓަނަކީ އެމްއެސް ދޯނީއެވެ. ރޭގެ މެޗު ދޯނީގެ ޓީމަށް ނާކާމިޔާބުވި ނަމަވެސް އޭނާއަކީ 2011 ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކުރިއިރު އެޓީމުގެ ކެޕްޓަނެވެ.

ރައީސް ސޯލިހަކީ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. އިންޑިއާއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅަކީ އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓަވާނީ އިންޑިއާ ސަރުކާރުންނެވެ.
ހިޔާލު