Bharat ge trailer nerefi
image
ބާރަތުގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ބާރަތު" ގެ ޓްރެއިލާ ނެރެފި

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ކުރިއަށް އޮތް ފިލްމު ބާރަތު ގެ ޓްރެއިލާ ނެރެފިއެވެ.
ތިން މިނެޓާއި އެގާރަ ސިކުންތުގެ އެ ޓުރެއިލާ ނެރެފައިވަނީ އިއްޔެ ގެ ވަގުތެއްގައެވެ. ސަލްމާނު ހާނު އާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ޓުރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފައެވެ."ބާރަތު" ގައި ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ ރިމޭކެކެވެ.
ހިޔާލު