Raees ge Haassa mandhoobehge gothugai lanka ah vadaigen haleel lanka ge bodu vazeeraa bahdhalukurahvaifi
image
ލަންކާގެ ބޮޑު ވަޒީރާއި ހަލީލް ބައްދަލުކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ލަންކާގެ ބޮޑު ވަޒީރާ ހަލީލް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސްރީލަންކާއަށް ވަޑައިގަތް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ލަންކާއަށް ވަޑައިގަތް ހަލީލް ވަނީ އެގައުމުގެ ފޮރިން ސެކްރެޓަރީއާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު ހަލީލް ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެ، އިއްޔެގެ ނިރުބަވެރި ހަމަލާތަކާ ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަން ހާމަކުރައްވާއެވެ.

ސްރީލަންކާގައި ދިން އެ ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 300 އަށް އަރާއިރު އެހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދީފައިވަނީ، ޗާޗުތަކުގެ އިތުރުން ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެހިވަލާގައި ހުންނަ ހޮޓަލެއްގަ އާއި ކޮލަމްބޯގައި ހުންނަ ޝަންގްރިލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓަލާއި، ކިންގްސްބަރީ ހޮޓަލަށެވެ. ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހިޔާލު

ތުނިޔަ

އެކަމަކު މިއީ ރާޖަޕަކްސަގެ ފޮޓޯއެއް.