Lanka hamalaa: maruvi meehun ge adhadhu 310 akah 40 meehun hahyarugai
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ލަންކާ ހަމަލާ: މަރުވި މީހުންގެ އަދަދު 310 އަކަށް، 40 މީހުން ހައްޔަރުގައި

އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާ ތަކާއި ގުޅިގެން މިހާތަނަށް 300 އަށްވުރެއް ގިނަ މީހުން މަރުވެފައިވާ ކަމަށް، ކަމާއި ގުޅުންހުރި އިދާރާތަކުން ބުނެފިއެވެ.
ކްރިސްޓިއަނުން އަޅުކަންކުރާ ފައްޅިތަކަކަށާއި، ހޮޓެލް ތަކަކަށް އަމާޒުކޮށްދީފައިވާ ހަމަލާތަކުގައި ޖުމުލަ 500 އަށްވުރެއް ގިނަ މީހުނަށް އެކިވަރުގެ ހާނިއްކަ ވަނީވެފައެވެ.

މިހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައި ނުވާއިރު، ލަންކަ ކެބިނެޓްގެ ސެކްރަޓަރީ އަދި ހެލްތެ މިނިސްޓަރު ވިދާޅުވެފައިވަނީ، އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތައް ދީފައިވަނީ "ނޭޝަނަލް ތައުހީދް ޖަމާއަތް" ނަމަކަށް ކިޔާ ގްރޫޕަކުން ކަމަށެވެ.

މަރުވި މީހުންގެ އަދަދު 310 އަކަށް

އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާތަކަށް 310 އަކަށް އަރާފައިވާ ކަމަށް ލަންކާގެ ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އަދި މިހާތަނަށް މިހަމަލާތަކާއި ގުޅިގެން 40 މީހުން ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން

ލަންކާގައި ދީފައިވާ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. އެގޮތުން ބޮން ގޮއްވި މައްސަލައިގެ ތަހުޤީޤުތައް ކުރިއަށް ދާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތީ ސިފައިންނަށް ހާއްސަ ބާރުތަކެއް ދިނުމަށް ފަހުއެވެ.

އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތީ ސިފައިންނަށް މީހުން ދިރިއުޅޭ ގެތަކަށް ވަދެ އެތަންތަން ބަލާ ފާސްކުރަމުގެ އިތުރުން މީހުން ހިފާ ހައްޔަރުކުރުމުގެ ބާރާއި އެކުއެވެ. އެހެން ނަމަވެސް ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނޭކަމަށް ލަންކާގެ ރައީސްގެ އޮފީހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިއަދަކީ ގައުމީ ފެންވަރެއްގައި ހިތާމަފާޅުކުރާ ދުވަހެއްގެ ގޮޮތުގައި ލަންކާގެ ރައީސް ވަނީ ހަމަޖައްސަވާފައެވެ.
ހިޔާލު

ހުކޫމަތުލް

ހަރުކަށި ހިޔާލުގެ މުސްލިމުންގެ ސަބަބުން ކުށެއްނެތް ކިތަށްފުރާނަ އެދިޔައީ އަމިއްލައަށް މަރުވެގެން ބޮޑުފާފައެއްކޮށް ކުފުރުގެ މަތީހުރެ އެއްވެސް މުސްލިމަކު ސުވަރުގެ ނުވަންނާނެ މިމީހުންނަށް ހީވަނީ ތިމަންނާމެން މިކުރަނީ ޖިހާދެކޭ މިއީ ޝަހީދު މަރެކޭ....ހުރިޖާހިލުކަމެއްގެ ބޮޑުކަމާއިއެވެ ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ