7 school ehge multipurpose hall imaaraih kohdheyne faraatheh hoadhanee
image
ރައީސް ސޯލިހު އަލިފުށީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލްގެ ބިންގާ އަޅުއްވައިދެއްވަނީ---ފޮޓޯ:އަމަން ހަލީމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހަތް ސުކޫލެއްގެ މަލްޓިޕާޕަސް ހޯލް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ

ރާއްޖޭގެ ހަތް ރަށެއްގެ ސުކޫލްގައި މަލްޓިޕާޕަސް ހޯލް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ހަތް ރަށެއްގެ ސުކޫލްގައި މަލްޓިޕާޕަސް ހޯލް ދެ ބުރި އިމާރަތްކޮށް މަސައްކަތްތައް ކޮށްދެން ބޭނުންވާ ފަރާތްޔަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

އެއިއުލާނުގައި ވާ ހަތް ސުކޫލަކީ ރ. ހުޅުދުއްފާރު ސްކޫލާއި ތ. ވޭމަންޑޫ ސްކޫލާއި ރ. މަޑުއްވަރީ ސްކޫލާއި ނ. އަތޮޅު ސްކޫލައި ލ. އިސްދޫ ސްކޫލުގެ އިތުރުން ފުވައްމުލަކު ސިޓީ އެމް.ޖޭ.އެމް ސްކޫލް އަދި ދ. މާއެނބޫދޫ ސްކޫލެވެ.

އެމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500ރ (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅުމަށް އިއުލާނުގައި ވަނީ ބުނެފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

30 މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ އެ އިއުލާނުގެ އެއް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ކޮންޓްރެކްޓަރުންނަށް ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
ފިނޭންސް ސްކޫލް
ހިޔާލު