STO in hissaa akah 58 Rufiya bahanee
image
އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެމްޑީ އަމްރު (މ).-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
0 ކޮމެންޓް
 

އެސްޓީއޯ އިން ހިއްސާ އަކަށް 58ރ. ބަހަނީ

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން އެ ކުންފުނީގެ ކޮންމެ ހިއްސާ އަކަށް 58ރ. ބަހަން، އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. ނަމަވެސް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތަށް ހިއްސާ އަކަށް 58ރ. ބަހާނީ، އަހަރީ އާންމު ޖަލްސާ އިން އެކަން ފާސްކުރުމަށް ފަހު އެވެ.

އެ ކުންފުނިން އިއުލާނު ކޮށްފައިވާ ގޮތުން، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް އެސްޓީއޯ އަށް ވަނީ ބޮޑު ފައިދާއެއް ލިބިފަ އެވެ. އެގޮތުން މި އަހަރު ހިއްސާ ދާރުންނަށް ބަހަން ނިންމާފައިވާ އަދަދު ވެސް ކުރީ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފަ އެވެ.

އެސްޓީއޯ އަށް 2017 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބެހީ، ހިއްސާ އަކަށް 55ރ. އެވެ. އެހެންކަމުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިތުރުވުމުން ހިއްސާ އަކަށް ބަހަން ނިންމި ވަރު ވެސް މި ވަނީ އިތުރުވެފަ އެވެ.
އެސްޓީއޯ ވިޔަފާރި
ހިޔާލު