Hithaamaagai baiverivumah Lanka Embassy ge dhidha baidhandiah thirikohfi
image
ލަންކާގައި ހުންނަ ދިވެހި އެންބަސީގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި.
0 ކޮމެންޓް
 

ހިތާމާގައި ބައިވެރިވުމަށް ލަންކާ އެންބަސީގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

އަވައްޓެރި ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، މިއަދު އެ ގައުމުގައި ފާހަގަ ކުރަމުން އަންނަ ''ނެޝަނަލް ޑޭ އޮފް މޯނިން''ގައި ބައިވެރިވުމަށް އެ ގައުމުގައި ހުންނަ ދިވެހި އެންބަސީގެ ދިދަ ބައިދަނޑި އަށް ތިރިކޮށްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓްވިޓާގައި ވިދާޅުވީ، ލަންކާ އަށް ދިމާވެފައިވާ ހިތާމާގައި އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާއި އެކު ދިވެހިން ތިބޭނެ ކަމަށެވެ.

އެގޮތުން މިއަދު ދިވެހި އެންބަސީގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވަނީ ލަންކާ އަށް ވަޑައިގެންފަ އެވެ. އެގޮތުން ހަލީލް ވަނީ ލަންކާގެ ބޮޑުވަޒީރާއި، ކުރީގެ ރައީސް ރާޖަޕަކްސާގެ އިތުރުން ވެސް ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކޮށްފަ އެވެ.

ސްޓޭޓް މިނިސްޓަރު ހަލީލް ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ތައުޒިޔާ ވިދާޅުވެ، އާދިއްތަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަން ހާމަކުރައްވާއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާ ތަކާއި ގުޅިގެން މިހާތަނަށް 310 މީހުން މަރުވެފައިވެއެވެ. އަދި 500 އަށް ވުރެ ގިނަ މީހުން އެ ހަމަލާތަކުގައި ވަނީ ޒަހަމްވެފަ އެވެ. ލަންކާ ސަރުކާރުން ވަނީ އެ ހަމަލާތަކާއި ގުޅިގެން 40 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ހިޔާލު