Minivan Muassasaathah zinmaadhaaru kurumah hushahelhi bill thah balaigane, committee ah fonuvaifi
image
މިނިވަން މުއައްސަސާއެއްކަމަށްވާ އެންޓި-ކޮރަޕްޝަން ކޮމިޝަން: އެކޮމިޝަނަށް ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުވެފައިވޭ--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މުއައްސަސާތައް ޒިންމާދާރު ކުރުމަށް ހުށަހެޅި ބިލްތައް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ޒިންމާދާރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތައް ބަލައިގަންނަން ފާސްކޮށް، އެބިލްތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީތަކަށް ފޮނުވައިފި އެވެ.
މިނިވަން މުއައްސަސާތައް ހަރުދަނާކޮށް، ޒިންމާދާރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތިން ބިލެއް ހުށަހަޅާފަ އެވެ. އެއީ ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާ އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

އެބިލްތަކުގައި ވާގޮތުން އެކޮމިޝަންތަކުގެ ރައީސާއި ކޮމިޝަންގެ މެމްބަރުންގެ ޒިމާތަކާއި އަދާކުރަންޖޭހޭ ކަންކަން ބަޔާންކޮށްފައިވާއިރު، ކޮރަޕްޝަނާއި ނުފޫޒުން އެއްކިބާވެގެންވާ ބައެއްކަމަށް ވާންޖެހެ އެވެ. އަދި ކޮމިޝަންތަކުގެ މެމްބަރުންނާއި އަނބިދަރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭގޮތަށް އެބިލްގައި ވެއެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް ވެސް މަލީ ބަޔާން ހުށަހެޅުމަށް އެބިލްގައި ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި މިނިވަން މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތައް، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއެކު ހިންގޭނެ މަގު ފަހިކޮށްދެއްވުން ހިމެނެ އެވެ.
ހިޔާލު