Vakivaa fandiyaarunnah ves inaayai dheyn bill eh, miadhuge jalsa beyveyvareh nuvi!
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ވަކިވާ ފަނޑިޔާރުންނަށް ވެސް އިނާޔަތް ދޭން ބިލެއް، މިއަދުގެ ޖަލްސާ ބޭއްވޭވަރެއް ނުވި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެތަށް ފަހަރަކު މަސައްކަތް ކުރެއްވި ނަމަވެސް މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ބޭއްވޭގޮތް ނުވެ ދިގުލައިގެން ގޮސްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00ގަ އެވެ. އެނގިފައިވާގޮތުގައި، 09:00 ޖަލްސާ ފެށުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވި ނަމަވެސް އެވަގުތު ކޯރަމް ހަމަ ނުވުމުން 09:30 ފަސް ކުރެއްވި އެވެ. އަދި 09:30 ގައިވެސް ކޯރަމް ހަމަނުވުމުން 10:00 ފަސްކުރި އެވެ. ކޯރަމް ހަމަނުވެގެން އަނެއްކާ ވަނީ 11:00 އަށް ފަސްކޮށްފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޯރަމަކީ 22 މެމްބަރުން ނެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ވަކިވާ ކޮންމެ މީހަކަށާއި، އުއްތަމަ ފަނޑިޔާރުކަން ކޮންފައިވާ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ފޯރުކޮށްދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލަކާއި، ވެލިދޫ ދާއިރާގެ މެންބަރު އަބްދުالله ޔާމީން ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެޖެންޑާ ކޮށްފައިވަނީ، އެބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހައި، އެބިލަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވެއެވެ.

މިހާރު ހިނގަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދުވަސްކޮޅު ގުނަމުންދާއިރު، މިމަހުގެ ހަވަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުން ފެއިލްވި ބައެއް މެމްބަރުން ގެންދަވަނީ އެމެމްބަރުންގެ މަންފާއަށް ބައެއް ބިލްތައް މަޖިލީހަށް ހުށަހަޅަމުންނެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ބާއްވާ ފަހު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
މަޖިލިސް
ހިޔާލު

ގާޒީ

މިމީހުން އަދިވެސް މި ގޮވަނީ އިނާޔަތްދޭށޭ ލަދުން ބޯހަލާކު