Mamen Interschool Bike Championship Hafthaa Bandhugai
image
މިއީ މަމެން އިންޓަ ސްކޫލް ބައިކް ޗެންޕިއަންޝިޕް ބާއްވާ ދެ ވަނަ އަހަރު.-- ފޮޓޯ: ދިރާގު
0 ކޮމެންޓް
 

މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ހަފްތާ ބަންދުގައި

ދިރާގާއި ބައިކްމޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ މަމެން އިންޓަ ސްކޫލް ބައިކް ޗެންޕިއަންޝިޕް ކުރިއަށް އޮތް ހަފްތާ ބަންދުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މަމެން އިންޓަ ސްކޫލް ބައިކް ޗެންޕިއަންޝިޕް ބާއްވާތާ މިއީ ދެ ވަނަ އަހަރެވެ. ދިރާގުން ބުނީ މި އައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

ދިރާގުން ބުނީ މިފަހަރުގެ މުބާރާތުގައި ވެސް ތަފާތު 25 ރޭހެއް، ތިން އުމުރުފުރާގެ މެދުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. އޭގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ރޭސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާގޮތުގެ ތާވަލު:
26 އޭޕްރިލް 2019 - ހެނދުނު 7:00 އިން 9:00 އަށް
27 އޭޕްރިލް 2019 - ހެނދުނު 7:00 އިން ހަވީރު 4:00 އަށް

ދެ ދުވަހަށް ކުރިއަށް ގެންދާ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގަ އެވެ.

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހިޔާލު