Rahrashugai sports councillorunge masakkaiy fashaifi
image
ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންގެ މަސައްކަތް ފެށުން-- ފޮޓޯ: ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފިޓްނަސް އިންސްޓްރަކްޓަރުން ޓްރެއިން ކުރުމަށްފަހު ސްޕޯޓްސް ކައުންސިލަރުންގެ މަސައްކަތް ފަށައިފި

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުންގެ ހިދުމަތް ދިނުމަށްވެފައިވާ ވައުދުފުއްދުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އެދިވަޑައިގެންފި އެވެ.
ސްޕޯޓްސް ކައުންސިލަރުންގެ ހިދުމަތް ރަށްތަކުގައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަސްމީ ބަންދު ދުވަސްތަކާއި ހަފްތާ ބަންދު ދުވަސްތައް ނުހިމަނާ ސަރުކާރަށް 100 ދުވަސް ވެފައިވަނީ މި އޭޕްރިލް މަހުގެ ކުރީކޮޅުގަ އެވެ.
ރަށްރަށުގައި ފިޓްނަސް އިންސްޓްރަކްޓަރުން މަސައްކަތް ކުރަމުން އަންނަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން ފިޓްނެސް އިންސްޓްރަކްޓަރ" ކޯސް ފުރިހަމަ ކުރުމަށް ފަހެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު މަހު ހުޅުވާލިއިރު އުމުރުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އެޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮތެވެ.

އެއްރަށަކުން އެކަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ، އެމީހަކު ކުޅިވަރުގެ ދާއިރާގައި ހޭދަކޮށްފައިވާ މުއްދަތާއި ތައުލީމީ ފެންނަވަރަށް ބެލުމަށްފަހު ފުރުސަތު ދޭނީ އެންމެ ގާބިލު ފަރާތައް ކަމަށް ސްޕޯޓްސް އިންސްޓިޓިއުޓުން ބުނެއެވެ.
ހިޔާލު