Rasfannu fengandu alun hulhuvalaifi, fengandugai najis nethkan kashavaru
image
ރަސްފަނުގައި ބަޔަކު މޫދަށް އެރި: ފޮޓޯ އައިއެމްގްލޮގީ ޑޮޓް ކޮމް
0 ކޮމެންޓް
 

ރަސްފަންނު ހުޅުވައިފި، ފެންގަނޑުގައި ނަޖިސް ނެތްކަން ކަށަވަރު

ރަސްފަންނު މޫދަށް އެރޭ ފެންގަނޑުގައި ނަޖިހުގެ އަސަރު ނެތްކަން ކަށަވަރުވުމުން އެ ފެންގަނޑު އަލުން ހުޅުވާލައިފިއެވެ.
ރަސްފަންނުގެ މޫދަށް އެރޭ ފެންގަނޑުގައި ނަޖިހުގެ އަސަރު ހުރިތޯ ބަލަން ދެ ފަހަރެއްގެ މަތިން ތަހުލީލުތައް ހެދުމަށްފަހު އެ ފެންގަނޑު އަލުން ހުޅުވާލީ ހޯމަ ދުވަހުއެވެ.

ރަސްފަންނުގެ ފެންގަނޑު ބޭނުން ނުކުރަން އެޗްޕީއޭއިން އިލްތިމާސް ކުރީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އެތަނުން ގިނައަދަދަކަށް ނަޖިސް ފެންނަކަމަށް ބަޔަކު ރިޕޯޓުކުރުމުންނެވެ.

ރަސްފަންނުގެ މޫދަށް އެރޭ ފެންގަނޑު އަލުން ހުޅުވާލުމުން މީހުން އަންނީ އެތަނަށް މޫދަށް އެރެމުންނެވެ.އެޗްޕީއޭ ރަސްފަންނު
ހިޔާލު