Anehkaaves Mozambique aa dhimaalah thoofaaneh misraabu jahaifi
image
މޮޒަމްބީގް އާ ދިމާލަށް އަލަށް މިސްރާބު ޖަހާފައިވާ ތޫފާނަށް ކިޔަނީ، ކެނެތް: ފޮޓޯ ސީއެންއެން
0 ކޮމެންޓް
 

ތޫފާނު އިޑާއީ އިން ލިބުނު ގެއްލުންތަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކާވެސް މޮޒަންބީގާ ދިމާލަށް ތޫފާނެއް މިސްރާބު ޖަހަގައިފި

ތޫފާނު އިޑާއީ އިން ލިބުނު ގެއްލުންތަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކާވެސް މޮޒަންބީގާ ދިމާލަށް ތޫފާނެއް މިސްރާބު ޖަހައިފި އެވެ.
މޮޒަމްބީގް އާ ދިމާލަށް އަލަށް މިސްރާބު ޖަހާފައިވާ ތޫފާނަށް ކިޔަނީ، ކެނެތް އެވެ. މި ތޫފާނުގެ ބާރު އިޑާއީ އަށްވުރެ ވަރުގަދަ ނަމަވެސް އެގައުމަށް ލިބެނެ ގެއްލުން ކުޑަވުމަކީ އެކަށީގެންވާކަމެއްކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ތޫފާނު އިޑާއީ އުފެދުނީ މާރިޗު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ތޫފާނު ވަނީ އެފްރިކާގެ ތިން ގައުމަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ތޫފާނު އެރި ގައުމުތަކަކީ، މޮޒަމްބީގް، ޒިމްބާބްވޭ އަދި މަލާވީއެވެ. އީޑާއީ ތޫފާނުގެ ސަބަބުން 1000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލުނެވެ.



ހިޔާލު