Dispute Resolution nizaameh genaumah dhanee masahkaiyy kuramun: AG
image
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
އަހުމަދު
0 ކޮމެންޓް
 

ރަނގަޅު ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން: ބަންޑާރަ ނައިބު

ރާއްޖޭގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރަނގަޅު ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ބަންޑަރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑަރަ ނައިބު މިހެން ވިދާޅުވީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރުންނާ އެކު ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ވާހަކަ ދައްކަވަމުންނެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ބަންޑަރަ ނައިބު ރިފްއަތު ވިދާޅުވީ ޑިސްޕިއުޓް ރިޒޮލިއުޝަން އަދި ރަގަނޑު އާބިޓްރޭޝަންގެ ނިޒާމެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ދިރާސާއެއް މިހާރު ސަރުކަރުން ހަދަމުން ގެންދާ ކަމުގައެވެ.
ނަމަވެސް މިފަދަ ނިޒާމު ބޭނުންކުރަން ބާރު އެޅުމަށް ވަގުތުތަކެއް ނަގާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރެވޭނެ މެކޭނިޒަމެއް އެކުލަވާލެވި އަވަސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މިހާރުވެސް އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު
ހިޔާލު