Suood haaziru kuree birudhakkan, sharuee nizam islaahu kurumah govalan: MDP
image
ސުއޫދު ރައީސް ނަޝީދު އަރިހުގައި
އަހުމަދު
1 ކޮމެންޓް
 

ސުއޫދު ހާޒިރުކުރީ ބިރުދައްކަން، ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ގޮވާލަން: އެމްޑީޕީ

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ފަނޑިޔާރުގެ އިސްލާޙުކުރެއްވުމާ މެދު ދެއްކެވި ވާހަކައަކާ ގުޅިގެން ސްޕްރީމް ކޯޓަށް ހާޒިރު ކޮށްފައިވަނީ ބިރުދެއްކުމަށް ކަމަށާއި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ގޮވާލާކަމަށް އެމްޑީޕީން ބުނެފިއެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި މެދު އިތުބާރެއް ނެތްކަމަށާއި އެކޯޓްގެ ހުރިހާ ފަނޑިޔާރުންވެސް މަޤާމުން ދުރުކުރަން ޖެހޭކަމަށް ސުއޫދު ވިދާޅުވުމުން މިއަދު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފައެވެ. ޑީޖޭއޭއަށް ސުއޫދު ހާޒިރުކުރި އޭނާގެ މައްސަލަ ބެލުމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ނެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއޫދު ފާޅުކުރައްވާފައިވާ ހިޔާލަކީ ފަނޑިޔާރުގެއިން އިންސާފުނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ދައްކަމުންގެންދާ ވާހަކައާއި އެއް ވާހަކައެއް ކަމުގައެވެ.

ސުއޫދު ވާހަކަދައްކަވާފައިވަނީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާންހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައި ކަމަށާއި ގާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް ސުއޫދު ބާރުއަޅުއްވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"ޤާނޫނުއަސާސީގައާއި ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުންކަމުގައި ދެކެމެވެ. ފަނޑިޔާރުގެއާ މެދު ޚިޔާލުފާޅުކުރެއްވުމުގެ ސަބަބުން މީގެ ކުރިން ވެސް އެކިފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ އަލްއުސްތާޛު ހުސްނުއް ސުޢޫދާއި އަދި އެތަކެއް ޤާނޫނީ ވަކީލުން ސަސްޕެންޑްކުރައްވާފައެވެ" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ދިވެހިރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ވަގުތުން އިސްލާޙުކުރުމަށް ގޮވާލަމުންކަމަސާއި މިގޮތން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ ގެ ހާއްސަ މުޝީރު ވެސް މީގެ ކުރިން ވަނީ ރާއްޖެވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުއީ ނިޒާމު އޮތް ހާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފަކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާހުކުރެއްވުމަށް ގޮވާލަމުން ދާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ހިޔާލު

މޫސަ

ވެރިކަން ލިބުނުފަހުން މިބައި މީހުން ވަރަށް މޮޅުވެއްޖެ. މީހުންގެ ހިތްވެސް މިހާރު އެނގޭ. ޤާނޫނުގެ ދިގުއަތް ސުއޫދާ ހަމައަށް ވެސް ފޯރާނެ.