Student of the Year 10 gai fenigendhaane Taimur
image
ތައިމޫރު---
0 ކޮމެންޓް
 

"ސްޓޫޑެންޓް އޮފް ދަ އިޔާ 10" ގައި ފެނިގެންދާނީ ތައިމޫރު

"ސްޓޫޑެންޓް އޮފް ދަ އިޔާ 10" ގައި ފެނިގެންދާނީ ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާނު ކަމަށް ޑައިރެކްޓަރު ޕުނިތް މަޅޯތްރާ ބުނެފިއެވެ.
އަންނަ މަހު 10 ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ގެ ޑައިރެކްޓަރު ކުރާ ޕުނިތު ބުނީ ސްޓޫޑެންޓް އޮފް ދަ އިޔާ ގެ 10 ވަނަ ބައެއް ހަދާނަމަ އެބައިގައި ތައިމޫރު ފެނިގެންދާނެ ކަމަށެވެ.

އުމުރުން ދެ އަހަރުގެ ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން ތައިމޫރާ ވައްތަރު ބުދެއް ވިއްކަން މީގެ ކުރިން ފަށާއިވާއިރު އޭގެ ފަހުން ތައިމޫރުގެ ނަމުގައި ފިލްމެއް ވެސް ހަދަން ވަނީ ނިންމާފައެވެ. އަދި ތައިމޫރުގެ ފޮޓޯ ޖެހި ކުކީސް ތަކެއް ވެސް ވަނީ ދާދި ފަހުން ހަދާފައެވެ.

ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާއި އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވެއެވެ.
ހިޔާލު