Rayyithun balai nugathumun "rulhigandu baalanee" MDP ah!
image
ޕީޕީއެމް ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ފޮޓޯއެއް--
މުހައްމަދު ފަތުހުﷲ
10 ކޮމެންޓް
 

ރައްޔިތުން ބަލައި ނުގަތުމުން "ރުޅިގަނޑު ބާލަނީ" އެމްޑީޕީއަށް!

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އުދެފުނު އެންމެ ހުދުމުހުތާރު އަދި ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް އެންމެ ކަޅު ދުވަސްތައް ގެނުވި މަޖިލިސް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެކަން އެވަނީ އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާއިންވެސް ފެނިގެން ގޮސްފަ އެވެ.
މިމަހުގެ ހަ ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށް ބޭއްވި އިންތިހާބުގައި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ވާދަކުރެއްވި އެވެ. ބައެއް މެމްބަރުން ދުނިޔޭގެ ލަދަށް އިންތިހާބަށް ކުރިމަތި ނުލައްވައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ފުވައްމުލަކު ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި 18 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި، އަދި ހުވާކުރުމުގެ ކުރިން އެމްޑީޕީން ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންނެވި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދު ފަދަ ބޭބޭފުޅުން ހިމެނެ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުޔުންގެ މަޖިލީހުގައި ފުވައްމުލަކު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނެތްނަމަވެސް މަސީހުމެންފަދަ ބޭބޭފުޅުން މަޖިލީހުގެ ތެރޭގައި އުޅުއްވި ހަޑިމުޑުދާރުގޮތްތަކުގެ ސަބަބުން ފުވައްމުލަކުން އެވަނީ އެސިޓީގައި އެމްޑީޕީގެ ތާއީދު އޮތްކަން ދައްކާލައި މުޅި ފުވައްމުލަށް އެމްޑީޕީއަށް ހޯދާފަ އެވެ. ފުވައްމުލަކު ތިން ގޮނޑިވެސް އެމްޑީޕީން އެވަނީ ހޯދާފަ އެވެ. ދެން އޮތީ ތުޅާދޫ ދާއިރާ އެވެ. އެދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ނޫންގޮތަކަށް އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ކުރުމަކީ ވާނެ ކަމެއް ނޫންކަމަށް އެދާރާއިގެ ރައްޔިތުން އަބަދުވެސް ބުނެއެވެ. އެކަން އެދާއިރާގައި ބާއްވާ އިންތިހާބުތަކުން އެނގެ އެވެ. އެހެންކަމުން ދުނިޔާގެ ލަދަށް އެމެންބަރުން ކުރިމަތި ނުލެއްވިނަމަވެސް ގިނަ އަދަދެއް މެމްބަރުން ކުރިމަތި ލެއްވި އެވެ. ނަމަވެސް ވީ ހަމަ ނާކާމިޔާބެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 70 ޕަސެންޓް މެމްބަރުންނަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ ދައުރު ނިދެންދާއިރު، އަނެއްކާވެސް މަޖިލީހުގެ ތެރެއިން އާ ކަންތައްތަކެއް ފެންނަން ފަށައިފި އެވެ. އަދި ކުރެވިފައިވާ ކަންކަމާމެދު ހިތާމަކޮށް، ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަން ބޭނުމެއް ނުވެއެވެ. ދެންވެސް އެ މެމްބަރުން އެބައްލަވަނީ އަމިއްލަ ފައިދާއަށް، މަޖިލީހުގެ މެމްބަރުކަން ނެތިގެން ދިއުމުން ވެސް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ލިބޭނެ ގޮތަށް، ތަފާތު ބިލުތައް މަޖިލީހަށް ހުށަހަޅައި އެކަންކަން ހަމަޖެއްސޭތޯ އެވެ.

އެފަދަ ބިލްތައް މަޖިލީހަށް ހުށަހެޅުމަށްފަހު ދެން މިކިޔަނީ އެމްޑީޕީން 19 ވަނަ މަޖިލިސް އިންތިހާބު "ވަގަށް" ނަގާފައިވާ ކަމަށެވެ. އަދިވެސް ބަލި ގަބޫލު ނުކުރެވިގެން އެ މެމްބަރުން އުޅޭއިރު ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ނެވެ.

ވާނީވެސް އެހެންތާއެވެ. އިންތިހާބުގެ ނަތީޖާ އިއްވުމުގެ ކުރިން ކޮންމެ ކެންޑިޑޭޓަކަށް އޮންނަނީ ގޮނޑި ފެނިފަ އެވެ. އެގޮތުން މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ މެމްބަރުންނަށް އޮތީ ގޮނޑި ފެނިފަ އެވެ. އެކަމަކު އެއީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ނެވެ. އެހެންކަމުން އިންތިހާބު ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ކުރާނެ މާބޮޑު ޝަކުވާއެއްވެސް ނެތީ އެވެ. އިލެކްޝަންސް ކޮމިޝަނަށް އިންތިހާބުގެ ތެރޭގައި މާބޮޑު ޝަކުވާއެއް ހުށަހަޅާފަ އެއްވެސް ނެތެވެ. އިންތިހާބު އޮބްޒާވުކުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުންނާއި ގައުމުތަކުން ބުނަމުންދިޔައީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ. މާބޮޑު މައްސަލަތަކެއް ނެތް ކަމަށެވެ. ނަމަވެސް ރަނގަޅު ކޮށްލަންޖެހޭ ކަންކަން ކޮންމެ ކަމެއް ނިމުމުން ހުންނަ ގޮތަށް ދެން ބާއްވާ އިންތިހާބުތަކުގައި ރަނގަޅުކުރަން ޖެހޭ ކުދިކުދި ކަންކަން އޮބްޒާވަރުން ފާހަގަކޮށްފައި ވެއެވެ.

އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ބައެއް ދާއިރާތަކުގެ ފޮށިތައް އަލުން ގުނަން އެދުނުވެ. ނަމަވެސް މާބޮޑު ބަދަލެއް ނާދެ އެވެ. އިންތިހާބުވީ ވަގުތީ ނަތީޖާއިންވެސް އިންތިހާބުވި ފަރާތްތަކެވެ. އަލުން ގުނައިގެން ވޯޓެއް އިތުރުވި ނަމަވެސް ފެއިލްވި މީހުން ހަމަ ވީ ފެއިލް އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލިސް ނިމެންދާއިރު މަޖިލީހުގެ ތެރެއިން ފެއިލްވި މެމްބަރުންގެ ޑްރާމާތަކާއި "ޑައިލޮގް"ތައް ވަރަށް ފުރިހަމަ އެވެ. އަމިއްލަ ފައިދާއަށް އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދަން ފުމެނަގަނީ އެވެ. މަޖިލީހުގެ ތަޅުމުގައި ފެއިލްވި މެމްބަރުން އުޅޭގޮތް ފެނިފައި ހިނިވެސް އާދެ އެވެ. ބައެއް ފަހަރު ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް ނޭނގޭ ފަދަ އެވެ.

އޭގެ ތެރެއިން އެއްބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ އެންމެ ނުފޫޒުގަދަ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު "ބްރަދާސް ޕާޓީ"ގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ހަދައިގެން އުޅުއްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދުރޭ އިންތިހާބުގައި ބަލިވީ ޒުވާން ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އަތްދަށު ވެގެންނެވެ. އަގުބޮޑު އަނގޮޓިއެއް ގެންގުޅުއްވާ ކަމަށް މަޝްހޫރު އަދުރޭ ސިރާޖު އަތް ދަށުން ބަލިވީ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އަދުރޭ ވިދާޅުވަނީ އެމްޑީޕީން މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ހޯދީ މަޖިލިސް އިންތިހާބު ވަގަށް ނަގައިގެން ކަމަށެވެ. ނަމަވެސް އަދުރޭ އެދިގެން އެދާއިރާގެ ވޯޓް ފޮނި އަލުން ގުނި އެވެ. މާބޮޑު ބަދަލެއް ނަތީޖާއަށް ނާދެ އެވެ. ހޮވުނީ ހަމަ ސިރާޖު އެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ބާރުވެރިކަމުގައި ސަރުކާރު އޮތްއިރު، އެމްއެމްޕީއާރުސީ އާއި ސަރުކާރުގެ ކުންފުނިތަކުގެ ހިޔާނާތުގެ ފައިސާއިން އަގުބޮޑު ރޮލެކްސް ގަޑިއާއި އަގުބޮޑު ކޮހިނޫރު އަނގޮޓި އާއި އަގުބޮޑު ކާރުތަކާއި އަގުބޮޑު ފްލެޓްތަކާއި އަދި ބިން ގަނެ ހެދި މެމްބަރުން މަޖިލިސް އިންތިހާބުގައި ފެއިލްވި ސަބަބެއް ކަމަށް އެހުރިހާ މެމްބަރުން ކަހަލަގޮތަކަށް އަޅުވަނީ "އެމްޑީޕީގެ ބޮލުގަ" އެވެ.

އިންތިހާބުން ފެއިލްވި ބައެއް މެމްބަރުން މަޖިލީހުގައި ދައްކާވަފައިވާ ބައެއް ހަމަނުޖެހޭ ވާހަކަތަކަށް ވެސް ބަލާލަމާ ހިނގާށެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވަނީ އޭނާއާ އެމްޑީޕީގެ ކެންޑިޑޭޓާ ތަފާތު ހުރީ 89 ވޯޓު ކަމަށެވެ. ދެ ފަހަރެއްގައި އިލެކްޝަންސް ކޮމިޝަނުގައި އަލުން ވޯޓު ފޮށިތައް ގުނާދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނުން ނުކޮށްދިން ކަމަށް ފަލާހު ވިދާޅުވި އެވެ. ދެން ފަލާހު ވިދާޅުވަނީ ބާތިލު 50 ވޯޓު އޮތް އިރު އެއީ މުޅިންވެސް ފަލާހުގެ ވޯޓު ކަމަށެވެ.

އެންމެ ރަނގަޅެވެ، ބާތިލު ކުރި 50 ވޯޓުވެސް ފަލާހަށް ދެމާ ހިނގާށެވެ. އެކަމަކުވެސް އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަހުމަދު (ހަސަންޓޭ) އުޅެނީ 39 ވޯޓުން ފަލާހަށް ވުރެ ކުރީގަ އެވެ. ދެން އިލެކްޝަންސް ކޮމިޝަނުން އަލުން ވޯޓު ގުނަންޖެހޭ ސަބަބެއް އެބަ އޮތްތޯ އެވެ.

ފެއިލްވި ބައެއް މެމްބަރުން ކަމަށްވާ ޕީޕީއެމްގެ އަބްދުﷲ ހަލީލާއި، އަލީ އާރިފްމެންފަދަ ބޭބޭފުޅުންވެސް ވިދާޅުވަނީ އިންތިހާބަކީ މިނިވަން އިންތިސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އެބޭފުޅުންނާ ދިމާލަށް "ވަގަށް" ގޮވަމުން އެމްޑީޕީ މީހުން ދުވަމުންދާއިރު އެކަން ހުއްޓުވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ވައްކަން ކުރީމައި ގޮވާނީ ވަގަށް ނޫންތޯ އެވެ. އެމްއެމްޕީއާސީގެ ހިޔާނާތުގެ ފައިސާ ޕީޕީއެމް މަޖިލިސް މެމްބަރުންނަށް ބެއްސެވިކަމަށް ސީދާ ރައީސް ޔާމީން ވެސް ވިދާޅުވެފައިވޭ ނޫންތޯ އެވެ. އަދި އޭގެ ހެއްކަކީ ތިޔަ ލިބިލައްވާފައިވާ ކުއްލި މުއްސަނދިކަމެވެ. އިއްޔެ ކޮފީއެއް ބޯލާނެ ލޯލާރިއެއް ނެތް މީހުން ފަސް އަހަރުގެ މަޖިލިސް ދައުރު ނިމުނު އިރު، މާލޭން ގޯއްޗަކާއި އަގު ބޮޑު ކާރުތަކާއި، ބޮޑެތި ކަންނެލި ދޯނިތަކާއި ސަފާރީ ޔޮޓްތަކުގެ ވެރިންނަށް ބަދަލުވުމަކީ އަރަތެއް ނޫންތޯއެވެ. މަޖިލީހުގެ ފަސް އަހަރުގެ ދައުރެއް ނިންމާލުމުން މެމްބަރަކަށް ފަސް މިލިއަން ރުފިޔާ ނުލިބޭއިރު، ދައުރު ނިމޭއިރު، މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކާއި އަގުބޮޑެތި މުދާ ހުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންތޯ އެވެ.

ދަނގެތި ދާއިރާގެ އިލްހާމު އަހުމަދު ވިދާޅުވަނީ އޭނާއާ އޭނާގެ މުޅި އާއިލާ އުޅުނީ ރައީސް ޔާމީނާ ދެކޮޅަށް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަވަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި އަނބިކަނބަލުންނާއި އާއިލާގެ މީހުންގެ އިންޓަވިއުތަކުގައި ރައީސް ޔާމީން އަނިޔާވެރިކަން ނިންމުމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

އިލްހާމުގެ އަނބިކަނބަލުންނާއި އާއިލާ މަގުމައްޗަށް ނުކުތީ އިލްހާމު ޖަލަށްލުމާއި ގުޅިގެންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި އާއިލާގެ މީހުން ވަކިކުރުމާއި ގުޅިގެންނެވެ. އިލްހާމު ޕީޕީއެމްގައި ހުންނެވިއިރު، މުޅި އާއިލާ އޮތީ ސަރުކާރުގެ ވަޒީފާތަކުގަ ނޫންތޯ އެވެ. އެހެންވީމައި އަލުން ޖުމްހޫރީ ޕާޓީއަށް ވަޑައިގެން، ތިޔަ ޖައްސަވަން އުޅުއްވި ސަކަރާތް ރައްޔިތުންނަށް އެނގިހުރެ، ރައްޔިތުން ބަލައި ނުގަތީ އެވެ. ރައްޔިތުންގެ ނިންމުންމަށް އިހުތިރާމު ކުރިއްޔާ ތިމާއަށް މާރަނގަޅު ވާނެ އެވެ.

އަންނަ މެއި މަހުގެ 28 ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެވިފައިވާ މެމްބަރުން ހުވާ ކުރެއްވުމާއެކު މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމަކަށް އަންނާނެ އެވެ. ނަމަވެސް މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ 70 ޕަސެންޓް މެމްބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވަނިކޮށް، އަމިއްލަ މަންފާއަށް އިނާޔަތާއި ހިމާޔަކާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދުމަށް ތަފާތު ބިލްތައް މަޖިލީހަށް ހުށަހެޅިޔަސް އެކަންވެސް ރައްޔިތުން ބަލައެއް ނުގަންނާނެ އެވެ.
ހިޔާލު

ޝައްކެއްވެސް ނެތް

ޢެބައި މީހުން ބަލިވީ ޝައްވެސް ނެތް ގޮތުގައި އެމްޑީޕީ އާއި ހެދި އެވެ. އެމޑީޕީ ނުކުތީ ފިސާރި ވަރުގަދައަށް ކެރިގެން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭނެ އެޖެންޑާއެއް ހިފައިގެންނެވެ. ކެމްޕެއިން ކުރީ އެހާ ފުރިހަމައް ސްޓްރެޓެޖިކް ކޮށެވެ. ނޮހޮވުނު މީހުން ބެހި ލާރިތައް ފެނަށް ހަދާލީ އެމްޑީޕީގެ ވަރުގަދަ ސިޔާސަތުތަކެވެ. ވީމާ އެމީހުން ނަލިވީ އަސްލުގައިވެސް އެމޑީޕީ އާ ހުރެއެވެ.

މޫސް

މިއީ އޮށްޓަރެއްނެތް ޒާތީ ލިޔުމެއް. ޒާތީ ވުމަކީ ނޫސްވެރިކަމުގެ މިންގަނޑާ ޚިލާފު ކަމެއް

ޝަމީމް

ބަލަގަ ކަނޑު ކޮހުންނޭ ތަމެން ފެއިލްވީ ތަމެން ރައްޔިތުންގެ ދަޑުން ކެޔޮ ކޭވަރުން ނުންތޯ ؟ ދެން ތަމެން އެމްޑީޕީ ދެކެ ރުޅިއައިސްގެން އެތްގަލަގައް އެރިޔަސް އެމްޑީޕީ ފުޑައެތް ނުލެވޭނެ ފުޑޭނެނަމަ މިދިޔަ 7 އަހަރު އޮންނާނީ ފުޑިފަ ވަރައް ވެދުން
[ މެކުނު ފުމުނަސް ގާހަކަޔަކައް ނުފުމެވޭނެ ]

ޢެޓޮމް

ޢަދުރޭ ލަތީފު ނިހާނު ރިޔާޒު ދެން ލަލަލާ

އަޒޫރު

ބައެއްބޭފުޅުން މިތާނގަ 12 މެމްބަރުންގެ ގޮނޑީގެ ވާހަކަ ދައްކަވާއިރު ކޮން މެމްބަރެއްގެތޯ ގޮނޑި ގެއްލުނީ؟

އިސްމާއިލް

ނުހައްގު މުއްސަނދިކަން ބަލާނެ ކަމަށް އުންމީދު ކުރަން. ސަރުކާރަށް ގެއްލިފައިވާ ފައިސާ އެމީހުންގެ މުދާ ދައުލަތަށް ނަގާގެންވިޔަސް ހޯދާ ދެއްވާ

🤣🤣

ކޮންމެ އެއްޗެކޭ ތިނޫހުން ކިޔަސް އެމްޑީޕީ މީހުން ވައުދާ ޚިލާފުވި.12 މެންބަރުންނަށް ރީތި ފިލާވަޅެއް ލިބިފަ އޮންނާނެ🤣

ސޮރީ

ރަނގަޅު ވާހަކައެއް. އެމްޑީޕީގެ ސަބަބުން އަދުރޭމެން ފެއިލްވީ. އެމްޑީޕީ އަކީ ވަރަށް ކުޅަދާނަ ޕާޓީއެއް. "މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނޭ" ބުނާ ބީދައިން އެމްޑީޕީ ކުޅޭ ސިޔާސީ ގޭމު މި ރާއްޖޭގެ އެހެން ޕާޓީއަކަށް ނުކުޅެވޭނެ. ބަޔަކަށް ދަތި އުނދަގޫ ކޮށްގެން ފަހަތަށް ޖެހޭނެ ނަމަ ނުވަތަ ބަލިކަށި ވާނެނެމަ މި ދިޔަ 7 އަހަރުތެރޭ އެމްޑީޕީ ފަހަތަށް ޖެހުނީސް ނުވަތަ ބަލިކަށިވީސް. އެކަަމަކު ފެނުނީ މާ ވަރުގަދަކޮށް. ދެންވެސް ދާނީ ހަމަ ކުރިއަށް. އިންޝާﷲ

ނައިބް

މީ ވަރަށް ރަނގަޅު އާޓިކަލްއެއް. ހަގީގަތުގަވެސް ރައްޔިތުން ބަލައިނުގަތީ މާޒީއަށް ބަލާފަ. އެމް.ޑީ.ޕީއަށް ކާމިޔާބު ލިބުނީ ކުޅަދާނަކަމުން. މެންބަރުން ފެއިލް ވުމަކީ ނުވަތަ ރައްޔިތުން ބަލައިނުގަތުން އެއީ އެމްޑީޕީގެ ކުށެއްނޫން.

މިސްރާބު

އަޅެ މި އލްމާ، ރިޔާޒު ރަސީދު، މުސްތަފާ އަދި ލަތީފުމެން މިއުޅޭ ވައްތަރުން ހީވަނި މިމީހުން ދުނިޔެއަށް ފޮނުވީ މަޖުލިސް މެމްބަރުކަން ކުރަންހިން. މާތްކަލާކޮ ތީއެވަރުގެ ޤާބިލް ބައެއްނޫން. ޤާބިލްނަމަ ތިބޭނީ އެގޮންޑީގަ ބްރަދާސް. ދެންވާނީވެސް އެހެންތާ އުނދުނުފުއްޑަނުން ތަހުތައްއެރުނީމަ ހީކުރީ މީވާ ބަޔެކޭ. ބުނެލަންއޮތީ ރޯކޭލޭ ބުނީމަ ދެތަލި ތައްލަވަހެން މަޖުލީހޭ ބުނީމަ މިބައިގަނޑުގެ ތަނެކޭ ހީކުރުވަން ނޫޅެ ޒުވާނުންނަށް ފުރުޞަތުދީ ބޯދާ ވިސްނުމުގެވެރީން ދުރަށްދޭ