Lanka miskiyy thakugai maadhama hukuru nukurumah ninmaifi
image
ލަންކާގެ މިސްކިތެއް
އަހުމަދު
0 ކޮމެންޓް
 

ލަންކާ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރުމަށް ނިންމައިފި

މިދިޔަ އާދީއްތަ ދުވަހު އިސްލާމިކް ސްޓޭޓްސް، އައިއެސްއިން ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މުސްލިމުންނަށް ހަމަލާ ދީފާނެކަމަށް ބެލެވޭތީ މާދަމާ ލަންކާގެ މިސްކިތްތަކުގައި ހުކުރު ނުކުރުމަށް ނިންމައިފި އެވެ.
ލަންކާގެ މިނިސްޓަރ އޮފް ޕޯސްޓަލް ސާވިސެސް އެންޑް މުސްލިމް ރިލިޖިއަސް އެފައަރސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާދަމާ ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު ކަމުގައެވެ. އަދި އަނބިދަރިންނާއި މުދަލަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭނަމަ މެންދުރު ނަމާދުވެސް ގޭގައި ކުރުމަށް އެ އިދާރާއިންވަނީ އިލްތިމާސް ކޮށްފައެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި 360 މީހުން މަރުވެފައިވާއިރު މި ހަމަލާތައް ދީފައިވަނީ އައިއެސްއަށް ނިސްބަތްވާ ލަންކާގެ ރައްޔިތުންނެވެ. ގިނަ ހަމަލާތައް ދީފައިވަނީ ޖާނުން ފިދާވެގެންނެވެ.

މި ހަމަލާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު ތަހުގީގަށް 50 އަށް ވުރެ ގިނަ މީހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.
ޓެރަރިޒަމް ލަންކާ
ހިޔާލު