Hamalaa ah fahun lanka in 70 meehaku hayyaru koffi
image
ހަމަލާއަށްފަހު ލަންކާއިން 70 މީހަކު ހައްޔަރުކޮށްފި
އަހުމަދު
0 ކޮމެންޓް
 

ހަމަލާއަށްފަހު ލަންކާއިން 70 މީހަކު ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިނަ ސިލްސިލާ ބޮ،މުގެ ހަމަލާތަކަށް ފަހު އެޤައުމުގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ އޮޕަރޭޝަން ތަކުގައި މިހާތަނަށް 70 މީހުން ހައްޔަރުކޮށްގައިވާކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެ.އެވެ.
ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ މިއަދު ވިދާޅުވީ ލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެންނާއި އިސްލާމިކް ސްޓޭޓްސް އައިއެސްއާއި ގުޅުން އޮންނަ ކަމަށް ބެލެވިގެން މިހާތަނަށް 70 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.

ސިރިސޭނާ ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ލަންކާގެ ބައެއް ޒުވާނުން އައިއެސްއާއި ގުޅުން އޮންނަ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން އައިއެސްއާއި ގުޅުން އޮނަން ލަންކާގެ 140 ވަރަކަށް މީހުން މިހާރު ދެނެގަނެވިފައިވާ ކަމުގައެވެ. އަދި މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ އިތުރުން ބާކީތިބި މީހުން ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ލަންކާގައި ދިން ހަމަލާގައި 259 މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެ އަދިވެސް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުންނެވެ.
ޓެރަރިޒަމް ލަންކާ
ހިޔާލު