Masthuva thakehcha Faiasa aai eku 18 meehaku hayyaru koffi
image
ފުލުހުން އަތުލައިގަތް ފައިސާތައް
ސީއެންއެމް
0 ކޮމެންޓް
 

މަސްތުވާތަކެއްޗާއި ފައިސާއާއި އެކު 18 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއި އެކު 18 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ އިންޓެލިޖެންސް ރިޕޯޓާއި ގުޅިގެން މާފަންނު ގެއެއް ކޯޓްއަމުރެއްގެ ދަށުން ބަލާފާސްކޮށް އެގެއިން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއި އެކު 18 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.

އިއްޔެ ހަވީރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްގައިވަނީ 23 އަހަރާއި 56 އަހަރާއި ދެމެދުގެ މީހުން ކަމަށާއި މި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ބުނެއެވެ.

އެގެ ބަލާ ފާސްކޮށް މަސްތުވާތަކެތީގެ އަށް ޕަކެޓައި 24950 ރުފިޔާ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާ ތަކެތީގެ މައްސަލާގައި މާފަންނުން 18 މީހުން ހައްޔަރުކުރި އިރު ގަލޮޅުގައި އިއްޔެ ހިންގި ދެ އޮޕަރޭޝަނެއްގައިވެސް ވަނީ 19 މީހަކު ހައްޔަރު ކޮށްފައެވެ.
ހިޔާލު