PNC ge Raees kamah abdulraheem ayyan koffi
image
އަބްދުއްރަހީމް ޖަލްސާއެއްގައި
އަހުމަދު
1 ކޮމެންޓް
 

ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް އައްޔަންކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ރައީސްގެ މަގާމަށް އެޕާޓީގެ މިހާރުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށްފިއެވެ.
ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް އެމަގާމަށް އައްޔަންކުރީ މިއަދު ކުރިއަށްގެންދާ ޕީއެންސީގެ ކޮންގްރެސްގައެވެ.

ޕީއެންސީގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކޮށްފައިވަނީ އެމަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ ވޯޓަކައި ނުލައި އޮޓަމެޓިކުންނެވެ.

ޕީޕީއެމްގެ މިލްކުވެރިކަމާއިމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން އުފެދުނު ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް އައްޔަން ކުރިއިރު މި މަހު ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތުވެ ވަޑައިގެންނެވި މަޖިލިސް މެމްބަރުންގެ ތެރޭގައި އަބްދުއްރަހީމް ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް އައްޔަން ކުރިއިރު އެޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން މުހައްމަދު ހުސެއިން ޝަރީފް، މުންދުއާއި ބާރަށު ދާއިރާގެ މެމްބަރުން އިބްރާހިމް ސުޖާއު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ވިލިމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ނިޙާން ވަނީ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައެވެ.

ނައިބު ރައީސްކަމަށް ވާދަކުރެއްވި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބެއް ނުވެއެވެ.
ޕީއެންސީ
ހިޔާލު

ގަމާރު

އަބަދުވެސް އޮޓެމެތިކުންލިބޭ ފުލެޓެއް އޮޓެމެޓިކުން ޖަމަވާ ފައިސާ