Imaaraathakun vehtunu STO ge IT head niyaavejje
image
މުސްތަފާ އަޒްމީ
1 ކޮމެންޓް
 

އިމާރާތަކުން ވެއްޓުނު އެސްޓީއޯގެ އައިޓީ ހެޑް ނިޔާވެއްޖެ

ރޯދަ މަހަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ (ފައި ފޮހޭ މިސްކިތް) ދެ ވަނަ ބުރިން އެސްޓީއޯގެ ހެޑް އޮފް އައިޓީގެ މަގާމުގައި ހުންނެވި މުސްތަފާ އަޒްމީ ވެއްޓި، ފަރުވާދެމުން އަންނަނިކޮށް އޭނާ މިރޭ ނިޔާވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެސްޓީ އޯގެ އެމްޑީ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.


އެނގިފައިވާ ގޮތުގައި މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓުމާ ގުޅިގެން އޭނާގެ ބޮލުގެ އިތުރު އެތެރެހައްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އުމުރުން 41 އަހަރުގެ އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އައިޓީ މަސައްކަތްތަކުގެ އިތުރުން އަތްތެރި މަސައްކަތް ކުރާ ބޭފުޅެކެވެ.
މަރު އެސްޓީއޯ
ހިޔާލު

شريف

إنا لله وإنا إليه راجعون اللهم اغفر له وارحمه اللهم ثبته عند السوال في القبر ويوم القيامة