PNC Congress: Raeesakee Adhurey, Hatharu Naibun
image
ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ--- ފައިލް ފޮޓޯ
0 ކޮމެންޓް
 

ޕީއެންސީ ކޮންގްރެސް: ރައީސަކީ އަދުރޭ، ހަތަރު ނައިބުން

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަނުކޮށް، ނައިބު ރައީސުންގެ މަގާމަށް ހަތަރު ބޭފުޅަކު އިންތިހާބުކޮށްފި އެވެ.
އިއްޔެ ބޭއްވި އެޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ފޮނަދޫ ދާއިރާގެ މިހާރުގެ މެންބަރެވެ. އެހެންކަމުން އަދުރޭ ވަނީ އެމަގާމަށް އައްޔަނުކޮށްފަ އެވެ.

ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ނިހާނާއި، މުހައްމަދު ހުސެން ޝަރީފް (މުންދު) އާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިމަގާމުތައް ބޭފުޅުން އިންތިހާބުކޮށްފައި ވަނީ ކޮންގްރެސްގައި ބައިވެރިވި 137 މެންބަރުންގެ ވޯޓުގެ މައްޗަށް ބިނާކޮށެވެ.

އިއްޔެ ބޭއްވި ކޮންގްރެސްގައި ޕީއެންސީގެ އަސާސީ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ދެ ނައިބު ރައީސުންގެ ބަދަލުގައި ހަތަރު ނައިބުން އެޕާޓީގެ ތިބޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި ކަނޑައެޅީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާއަށް އިންތިހާބުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އޭގެ އިތުރުން ޕާޓީގެ ސެކެޓްރީ ޖެނެރަލެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މުހައްމަދު ތޮލާލެވެ. މުހައްމަދު ތޮލާލަކީ ޕީއެންސީއާއެކު ކޯލިޝަން ހަދާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ކުރިން ވެރިކަން ކުރި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އުފައްދާފައިވާ ޕީއެންސީގެ ކައުންސިލަށް 20 މެންބަރުން ކަނޑައަޅާފައި ވެއެވެ. އެ ޕާޓީން އިއުލާންކޮށްފައިވާ ގޮތުގައި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ.ހިޔާލު