Minister Mahuloof Haa alifu rahthakuge tharahgeehe mashroo'uthah bahlavanee
image
މިނިސްޓަރު މަހުލޫފު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން---ފޮޓޯ:ޔޫތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިނިސްޓަރު މަހުލޫފު ހއ. ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ބައްލަވަނީ

ހއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ޔޫތު މިނިސްޓަރު އަހުމަފު މަހުލޫފު ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި އެދަތުރުފުޅުގައި މިނިސްޓަރު ހއ.ހޯރަފުއްޓަށް ވަޑައިގެން ވަނީ އެރަށުގައި އަލަށް ހެދި ފުޓްސަލް ދަނޑު ބައްލަވާ ލައްވާ ކުރިއަށް ހުރި އެކި ޕްރޮޖެކްޓުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ތަރައްގީ މަޝްރޫއު ތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން އެރަށުގައި ކޮމިއުނިޓީ ސެންޓަރެއްވެސް ހުޅުއްވައި ދެއްވި އެވެ.
ހޯރަފުށީގެ އިތުރުން އެއަތޮޅުގެ ތުރާކުނާއި އުލިގަމަށް ވެސް މިނިސްޓަރު މަހްލޫފު ވަޑައިގެންނެވި އެވެ. އެގޮތުން ތުރާކުނަށް ވަޑައިގެން މިނިސްޓަރު ވަނީ ރަށުގެ ޒުވާނުންނާ ބައްދަލުކޮށް، އެރަށުގެ ކޮމިއުނިޓީ ސެންޓަރާއި އައުޑް ޓޯ ޖިމާއި، ފުޓުބޯޅަ ދަނޑާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.


އުލިގަމުގެ ކައުންސިލަރުންނާއި، އެސޯސިއޭޝަން ފޯ ސޯޝަލް އެވެއާނެސް (އޭއެސްއޭ) އަދި ޒުވާނުންނާ ބައްދަލުކުރައްވާ ކުރިއަށް ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.


މިއަދު ހެނދުނު މިނިސްޓަރު ހއ މުޅަދޫ އަށް ވަޑައިގެންފައިވާއިރު އެރަށުގެ ޒުވާނުންނާ ބައްދަލުކޮށް ރަށުގެ ކޮމިއުނިޓީ ސެންޓަރު އާއި ކުޅިވަރު ކުޅޭ ސަރަހައްދު ބައްލަވާ ލައްވާފައި ވެއެވެ.ހިޔާލު