BML Kids Run inn bully kurumaa dhekolhah 105,250 Rufiyaa hoadhaifi
image
މިއަދު ބޭއްވި ބީއެމްއެލްގެ "ވޯއު ކިޑްސް ރަން 2019" އިވެންޓްގެ ތެރެއިން --
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ބީއެމްއެލް ކިޑްސް ރަން އިން ބުލީ ކުރުމާ ދެކޮޅަށް 105،250 ރުފިޔާ ހޯދައިފި

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ވޯއު ކިޑްސް ރަން" ގައި 1200 ކުޑަކުދިން ދުވެ، ބުލީކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމަށް 100،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ބީއެމްއެލް އިން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ދުވުމުގައި 1200 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ކުދިން ވަނީ މި އިވެންޓް މެދުވެރިކޮށް ހޯދި ޖުމްލަ 105،250 ރުފިޔާ ބުލީ ކުރުމާ ދެކޮޅަށް ކެމްޕޭން ކުރުމަށް ހަދިޔާކޮށްފަ އެވެ.

އެ ފައިސާ ހަވާލުކުރީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށެވެ.

"ވޯއު ކިޑްސް ރަން 2019" ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލެއް ހަވާލުކޮށްފައިވާއިރު، އެ އިވެންޓް ޓީއެފްޖީއިން އިންތިޒާމުކޮށްފައިވަނީ އެކި އުމުރުފުރާތަށް ބަހާލައިގެންނެވެ.



ހިޔާލު