Terrorism ge nurahkalah ahuluverikuran bahdhaluvumeh baahvaifi
image
ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަށް އަހުލުވެރިކުރަން މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަށް އަހުލުވެރިކުރުމުގެ ބައްދަލުވުމެއް ބާއްވައިފި

ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމާ ބެހޭގޮތުން ތައުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ހދ. ކުޅުދުއްފުށީ ގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އެމްއެންޑީއެފް އަދި ޔޫއެންޑީޕީ ގުޅިގެން ފެށި ބައްދަލުވުން އަމާޒު ކުރީ ސްކޫލުތަކުގެ އިސް ބޭފުޅުންނަށެވެ.

އެ މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ސްޓޭޓް އެޑިއުކޭޝަން މިނިސްޓަރު އަހްމަދު ރިޔާޒެވެ. އެއްދުވަހުގެ ބައްދަލުވުމުގައި ތިލަދުންމަތީ ދެކުނުބުރީގެ 15 ސްކޫލަކުން 34 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުން، ދެފަހަރެއްގެ މަތިން "ގްރޭޓާ މާލެ" ސަރަހައްދުގައިވާ ސްކޫލްތަކާއި އައްޑޫ ސިޓީގައިވާ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ވަނީ ހިންގާފަ އެވެ.
ހިޔާލު