Veligaa Hardware in Metabo Experience Centre eh hulhuvaifi
image
ވެލިގާ އިން ހުޅުވި މެޓާބޯ އެކްސްޕީރިއަންސް ސެންޓަރު.-- ފޮޓޯ: ވެލިގާ
0 ކޮމެންޓް
 

ވެލިގާ ހާޑްވެއާ އިން މެޓާބޯ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ވެލިގާ ހާޑްވެއާ އިން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ވިއްކަމުން އަންނަ ޖަރުމަނު ވިލާތުގެ މަޝްހޫރު މެޓާބޯ ބްރޭންޑްގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި އެވެ.
ރާއްޖޭގެ މާކެޓަށް 2017 ވަނަ އަހަރު ތައާރަފް ކުރި މެޓާބޯ ބްރޭންޑްގެ އެކްސްޕީރިއަންސް ސެންޓަރު ހުންނާނީ ވެލިގާ ހާޑްވެއާ 4 (މަޖީދީ މަގު) ފިހާރައިގެ ފުރަތަމަ ފްލޯގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ މެޓާބޯ ބްރޭންޑްގެ ސާމާނު ތަޖުރިބާކޮށްލުމުގެ ފުރުސަތު އެ ތަނުން މިހާރު ލިބޭނެ އެވެ.

އަލަށް ހުޅުވުނު އެކްސްޕީރިއަންސް ސެންޓަރުންގެ ސަބަބުން ކަސްޓަމަރުންނަށް މެޓާބޯގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކަކުން ބަލާލާއި، ޕްރޮޑަކްޓް ގަތުމުގެ ކުރިން ކަސްޓަމަރުންނަށް އެ އުފެއްދުންތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެލިގާ އިން ބުނެ އެވެ. އަދި އޭގެ އިތުރުން ޕްރޮޑަކްޓް ތަކާއި ބޭހެގޮތުން ކަސްޓަމަރުން އޮޅުން ފިލުވަންބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ފަސޭހަކަމާއި އެކު އެ ތަނުން ސާފު ކުރެވޭނެ އެވެ.

"މި ސެންޓަރު ހުޅުވުމުގެ އެންމެ މުހިންމު ބޭނުމަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ އެއްތަނަކުން އަޅުގަނޑުމެންގެ އަތުން ލިބެން ހުރި ހުރިހާ ޕްރޮޑަކްޓްތަކެއް ފޯރުކޮއްދީ، ކަސްޓަމަރުންނަށް ވެސް އައިސް ގަތުމުމުގެ ކުރިން މި ޕްރޮޑަކްޓްތަކުގައި އަތްލައި، އެކްސްޕީރިއެންސް ކޮއްލުމުގެ ފުރުސަތު ހޯދާދިނުން،" މެޓާބޯ ޕްރޮޑަކްޓް މެނޭޖަރު މަހުދީ އިޖާޒު ވިދާޅުވި އެވެ.

މެޓާބޯގެ އުފެއްދުން ތަކަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ކުރުމުގެ ގޮތުން ސާވިސް ސެންޓަރެއް ވެސް ވެލިގާއިން ވަނީ ހުޅުވައިފަ އެވެ. އަދި އޭގެ އިތުރުން ވެލިގާއިން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު އެތަށް ބްރޭންޑެއްގެ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންނެވެ.

އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާ ވިޔަފާރި ކުރަމުން އަންނަ ވެލިގާ އިން މިހާރު ވަނީ މާލެ، ހުޅުމާޅެ އެކުލެވޭ ގޮތަށް ފަސް ފިހާރަ އެއް ހުޅުވައި، ފަހާނާ އަދި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ޕްރޮޑަކްޓް ތަކަށް ހާއްސްކޮށްގެން ބްލަންކުގެ ނަމުގައި ފިހާރައެއް ހުޅުވައިފަ އެވެ. އަދި ވެލިގާ އިން ވިޔަފާރި ކުރާ ބޮޑެތި ކޯޕަރޭޓް ކަސްޓަމަރުން ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ކޯޕަރޭޓް ކަސްޓަމާ ސެންޓަރރެއް ވެސް ހުޅުވައިފަ އެވެ.
ހިޔާލު