2 Million followeruna eku Surbhi ge shukuru supportarunnah
image
ސުރްބީ---
0 ކޮމެންޓް
 

ދެމިލިއަން ފޮލޯވަރުންނާއެކު ސުރްބީގެ ޝުކުރު ސަޕޯޓަރުންނަށް

އިންސްޓަގުރާމުން ދެ މިލިއަން މީހުން ފޮލޯކުރުމާއެކު ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ އިޝްގްބާޒް އިން ވިދާލި ތަރި އަނިކާ، އަސްލު ނަމުން ނަމަ ސުރްބީ ޗަންދްނާ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ.

ސުރްބީ އެންމެ ފުރަތަމަ ފެނިފައިވަނީ ޒީ ޓީވީ އިން ދެއްކި ގަބޫލް ހޭ އިން ހަޔާގެ ރޯލުންނެވެ. އެރޯލުން އެނާއަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ އިޝްކުބާޒިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެޝޯ ސުރްބީ ދޫކޮށްލާފައިވަނީ އާ ޖެނެރޭޝަނާ ގުޅިގެން، އޭނާއަށް މަންމަގެ ރޯލުން ކުޅެން ޖެހޭތީއެވެ.
ސުރްބީ ޗަންދްނާ
ހިޔާލު