Komolika aai Prena ah ves budheh
image
ހީނާ ހާން އާއި އެރިކާ--
1 ކޮމެންޓް
 

ކޯމޮލިކާ އާއި ޕްރެނާއަށް ވެސް ބުދެއް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޯމޮލިކާގެ ރޯލުން ފެންނަ ހީނާ ހާން އާއި ޕްރެނާގެ ރޯލުން ފެންނަ، އެރިކާ ފެނާންޑަސްގެ ސިފަކޮށް ދޭ ބުދެއް އުފައްދައިފިއެވެ.
ޕްރެނާ އާއި ކޯމޮލިކާގެ ސިފަކޮށް ދޭ އެ ބުދުތައް މިހާރު އިންޑިއާގެ ބާޒާރުގައި ވިއްކަމުން އަންނައިރު އެކަން ހިއްސާކުރީ އެޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. އެކްތާ ވަނީ އެދެ ބުދުގެ ފޮޓޯ ހިއްސާކޮށް ބެލުންތެރިންގެ ފަރާތުން އެމީހުންނަށް ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.



އޭގެ އިތުރުން އެ ޝޯގައި އަނުރާގުގެ ކޮއްކޮ ރޯލުން ފެނިގެންދާ ނިވިދިތާ އެޝޯގައި ފެނިގެންދާ ގޮތުގެ ދައްކުވައިދޭ ބުދެއް ވެސް މާކެޓަށް ވަނީ ނެރެފައެވެ. އެހެންވެ ނިވިދިތާ ވެސް ވަނީ އެ ބުދު ވަރަށް "ކިއުޓް" ކަމަށާއި މީހުން އޭނާގެ ފަރާތުން އޭނާއަށް ލިބޭ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.

މަޝްހޫރު ފަރާތްތަކުގެ ސިފަ ދައްކުވައިދޭ ގޮތަށް ބުދު ހެދުމަކީ އިންޑިއާގައި އާކަމެއް ނޫނެވެ. އެގޮތުން ބޮލީވުޑުގެ ބަތަލު ސައިފް އަލީ ހާނުގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ތައިމޫރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭތީ އޭނާގެ ސިފަ ދައްކުވައިދޭނެހެން ތައްޔާރުކޮށްފައިވާ ބުދުތަކެއް ދާދިފަހުން ވަނީ އިންޑިއާގެ ބާޒާރުގައި ވިއްކަން ފަށާފައެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމޮލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާއެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޯމޮލިކާގެ ރޯލު ކުޅެލެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެކަމަކު ޝޯ ފެށުންތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކު ވަނީ ކަމުގޮސްފައެވެ. އަދި ޕްރެނާ ވެސް ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ. އެ ޝޯއަކީ މިވަގުތު ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެންމެ ކާމިޔާބު އެއް ޝޯއެވެ.
ހިޔާލު

އަލިބެއްޔާ

ހަރާމް ކަމެއް