Siyaasee gothun anhenun baaruveri kuruvumah party thah himeney coalition eh hadhanee
image
ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް---ފޮޓޯ:ޖެންޑާ މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ޕާޓީތައް ހިމެނޭ ކޯލިޝަނެއް އުފައްދަނީ

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެޖިންސުގެ ދެމެދުގައިވާ ފަރަގުތައް ނައްތާލުމަށް އެކި ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރާނެ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފެށި ދެދުވަހުގެ ސިމްޕޯޒިއަމް ރަސްމީކޮށް ހުޅުއްވައިދެއްވީ ޖެންޑަ މިނިސްޓަރު އައިޝަތު ޝިދާތާ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ސިމްޕޯޒިއަމްގެ އަމާޒަކީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބައިވެރިވި އަންހެން ކެންޑިޑޭޓުންނާއި، އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ އޮފިޝަލުންނާއި، ސިވިލް ސޮސައިޓީގެ ބޭފުޅުން އެއް ތަނެއްގައި ބައްދަލުކޮށް މަޝްވަރާ ކުރާނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އެ މަޝްވަރާތަކުގައި ބަލާނީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަންނާނެ މަގުތައް ހޯދުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި 87 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ ތަމްސީލް ކުރައްވާނީ އަންހެން މެންބަރުންނެވެ. އެކި ދާއިރާތަކަށް ކުރިއެރުން ހޯދުމަށް ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ގިނަ ކުރުން މުހިއްމު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.
ހިޔާލު