Hollywood ge thari Gemma Chan Raajjeygai Chuhty heydha kohfi
image
ޖެމްމަ ޗޭން--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހޮލީވުޑްގެ ތަރި ޖެމްމަ ޗާން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

ހޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ޖެމްމަ ޗާން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ޖެމްމަ ރާއްޖެ އައިސްފައިވާއިރު އޭނާ ޗުއްޓި ހޭދަކޮށްފައިވަނީ މާލެ އަތޮޅުގައި އޮންނަ ހުވަފެންފުށި ރިސޯޓުގައެވެ. އުމުރުން 36 އަހަރުގެ ޖެމްމަ ވަނީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރި ގޮތުގެ ބައެއް ފޮޓޯތައް އޭނާގެ އެއް މިލިއަން ސަޕޯޓަރުންނަށް އިންސްޓަގްރާމުން ހިއްސާކޮށްފައެވެ.

"ހެވަން" ކެޕްޝަނުގައި ޖަހާ އޭނާ ވަނީ ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.
View this post on Instagram

Heaven.

A post shared by Gemma Chan (@gemma_chan) on



View this post on Instagram

Last day

A post shared by Gemma Chan (@gemma_chan) on


ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިއަދު އޭނާ ފުރާފައިވާއިރު އިންސްޓަގްރާމުގައި ޖެމްމަ ވަނީ މުޅި އުމުރަށް ރާއްޖޭގައި އުޅޭ ހިތްވާ ކަމަށް ބުނެފައެވެ.

ދެހާސް ހަ ވަނަ އަހަރު ލަންޑަނުގެ ޑްރާމާ ސެންޓަރުން ކިޔެވުމަށް ފަހު ޖެމްމަ އޭނާގެ ފިލްމީ ހަޔާތް ފަށާފައި ވަނީ ބިރުވެރި ސީރީޒްއެއް ކަމަށްވާ "ވެން އެވިލް ކޯލްސް" އިންނެވެ. އަދި 2009 ވަނަ އަހަރު އޭނާ ވަނީ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ، "އެގްޒާމް" ގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވާ ޖެމްމަގެ އެންމެ ފަހުގެ މަސައްކަތަކަށް ފެނިފައި ވަނީ "ކެޕްޓަން މާވަލް" އެވެ. އެއްނާ ބޯޑެން އާއި ރީއަން ފުލެކް ޑައިރެކްޓުކުރި އެފިލްމު ދާދިފަހުން ނެރެފައިވާއިރު، އެ ފިލްމަކީ ދެ އޭލިއަންއެއް ކުރާ ހަނގުރާމައެއް ފެނިގެންދާ ފިލްމެކެވެ.
ހިޔާލު