Kareena aai Akshay ge Good News Lasvehje
image
ކަރީނާ އާއި އަކްޝޭ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކަރީނާ އާއި އަކްޝޭގެ "ގުޑް ނިއުސް" ލަސްވެއްޖެ

ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް" ނެރޭ ދުވަސް ފަސްކޮށްފިއެވެ. މިއީ އެ ފިލްމު ފަސްކުރި ދެވަނަ ފަހަރެވެ.
ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސުން ނެރޭ އެފިލްމު އެންމެ ފުރަތަމަ އަޅުވަން އޮތީ އަންނަ ޖުލައި މަހުގެ 19 ގައެވެ. އެކަމަކު ފަހުން ސެޕްޓެމްބަރު ހަ ވަނަ ދުވަހަށް ފިލްމު ލަސްކުރިއިރު މިހާރު ފިލްމު ލަސްކޮށްފައި ވަނީ ޑިސެމްބަރު 27 އަށެވެ. އެފިލްމަކީ ކައިވެނި ކޮށްގެން އުޅޭ ދެ ޖޯޑެއްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމެކެވެ.


ކަރީނާ އާއި އަކްޝޭގެ އިތުރުން އެފިލްމުން ދިލްޖިތް ދޮސަންޖް އާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެއެވެ.

ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ވީރޭ ދި ވެޑިން" އިންނެވެ. އޭގެ ފަހުން ކަރަންގެ "ތަހުތު" ގައި މަސައްކަތް ކުރަން އޭނާ އެއްބަސްވެފައިވާއިރު އެފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ. އަކްޝޭ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ އަނުރާގް ސިންގެ "ކެސާރީ" އިންނެވެ. ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ހިޔާލު