L. Gan geaehgai alifaanuge haadhisaaeh hingaifi
image
ލ. ގަމުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ އަލީ ޝިފާޒު
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ލ. ގަމު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ. ގަމު ތުނޑީ ދުންފުނީގޭގައި އަލިފާނުގެ ހާދިސައެއް ހިނގައިފިއެވެ.
މި ހާދިސަގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ހާދިސާ ހިނގި ވަގުތު އެގޭގައި އެއްވެސް މީހަކު ނެތެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓެއް ހިނގައިގެންނެވެ.

"އަލިފާން ހިފާފައި ހުރީ ވެސް ސީލިނގުގައި ބޮޑަށް. އެހެންވެ ބޮޑަށް ބެލެވެނީ ކަރަންޓުގެ ސޯޓަކުންކަމަށް އަލިފާން ހިފީ،" ލ. ގަމުން ސީއެންއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯކް ކުރެވިފައެވެ.މިހާދިސާ ހިނގިކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:58 ގައެވެ. އަދި ކޮންޓްރޯލް ކުރެވުނީ 13:50 ގައިކަމަށް ސިފައިން ބުނެއެވެ.

ހިޔާލު